އައްޑޫ ފޭދޫ ސްކޫލްގައި އަލިފާން ރޯވެއްޖެ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އައްޑޫ ފޭދޫ ސްކޫލްގައި އަލިފާން ރޯވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ސްކޫލް އެތެރެއިން ދުން އަރަމުންދާ މަންޒަރު ފެނެއެވެ.
މި ސްކޫލްގައި ޖުމްލަ 503 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާއިރު، 68 މުދައްރިސުންގެ އިތުރުން ސަރުކާރުގެ 26 މުވައްޒަފަކު ސްކޫލްގައި މަސައްކަތް ކުރެއެވެ. އަލިފާން ރޯވިއިރު އެ ސްކޫލްގައި ތިބި ދަރިވަރުންނާއި މުވައްޒަފުންގެ އަދަދެއް އަދި އިނގިފައެއް ނުވެއެވެ.
އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފްގެ ފައަރ އެންޑް ރެސްކިއު އިން ދަނީ އެ ސްކޫލްގައި ހަރަކާތްތެރިވަމުންނެވެ. އަދި ސްކޫލްގައި ތިބި ދަރިވަރުންނާއި މުވައްޒަފުން ދަނީ ސްކޫލުން ބޭރުކުރަމުންނެވެ.
އެމްއެންޑީއެފް އިން އަލިފާން ރޯވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް