އެލިއާއިން ޔަމަހާ ފްރީގޯ ސައިކަލު ރާއްޖެއަށް ތައާރަފުކޮށްފި
އެލިއާއިން ޔަމަހާ ފްރީގޯ ސައިކަލު ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
އެލިއާއިން އެ ސައިކަލް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ އެކަމަށްޓަކައި ހުކުރުދުވަހު ބޭއްވި ޚާއްސަ އިވެންޓެއްގައެވެ. އެ އިވެންޓްގައި ޔަމަހާ ބްރޭންޑްގެ ހުރިހާ ވައްތަރެއްގެ ސައިކަލް އިންސްޓޯލްމަންޓަށް ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލިއެވެ.
މީގެއިތުރުން ސައިކަލް ނެގުމަށް އެ އިވެންޓްގެ ތެރެއިން ނަން ނޯޓް ކުރި އެންމެނަށް ޑައުން ޕޭމަންޓްގެ 50 އިންސައްތަ ޑިސްކައުންޓް ދީފައިވާ ކަމަށް އެލިޔާއިން ބުނެފައިވެއެވެ.
ޔަމަހާ ފްރީގޯ ސައިކަލް ތައާރަފުކޮށް އެލިޔާއިން ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު އެ ޕްރޮމޯޝަނުގެ ދަށުން ސައިކަލު ނަގާއިރު ޑޭޓޭޑް ޗެކްސްއެއް ނެގުމަށް ހަމަޖެހިފައި ނުވެއެވެ. އޭގެ ބަދަލުގައި ހަމައެކަނި ކަސްޓަމަރަށް ލާރި ލިބޭކަން އަންގައިދޭ ލިޔުމެއް ގެންދިއުމުން އިންސްޓޯލް ހަމަޖައްސައިދޭނެ ކަމަށް އެލިޔާއިން ބުނެފައިވެއެވެ. އެކުންފުނިން ސައިކަލު ނަގާއިރު ސައިކަލު ރަޖިސްޓްރީކޮށްދޭނީ ކަސްޓަމަރުގެ ނަންމަތީ ކަމަށާއި ސައިކަލު ދޫކުރާނީ ޕީބޯޑެއްގައި ކަމަށްވެސް އެލިއާއިން ބުނެގައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް