އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާ އިނާމު ހަވާލުކޮށްފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ނިމިގެން މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާއިހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.
އިއްޔެ އުރީދޫ ހެޑްކުއާޓާޒް ގައި ކުރިއަށް ދިޔަ ރަސްމިއަޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށް ވެސް (ބަދަލުގައި ވަޑައިން މަލީހު މުހައްމަދަށް) ވެސް އިނާމު ހަވާލުކުރެވިގެންދިޔައެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމެނުނެވެ.

"މިއަހަރުގެ ހަދިޔާފޮށީގަ ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށްވަރަށް ބޮޑަށް މަރުހަބާ! މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އާ ކަންކަން ކަސްޱަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައިކުރެވުނު ކަމެއް. ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީވަރަށްވެސް ކާމިޔާބު ކަމާއެކު” ސީސީއޯ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް