އަލިފާނުގެ ހާދިސާގައި ގެއްލުންވި ކިޔަވާކުދިންނަށް ބޮޑެތި އެހީތަކެއް!
ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ކިޔަވާ ކުދިންނަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ބޮޑެތި އެހީތަކެއް ވެއްޖެއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްްޔެގެ ހިތާމަވެރި ހާދިސާާއާއި ގުޅިގެން ހާލުގައި ޖެހިފައިވާ ދަރިވަރުންގެ ބެލެނިވެރިންނާއި ވާހަކަދައްކަމުން ދާކަމަށެވެ.
އެ ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމް މިއަދު ހަވީރު 5އާއި މިރޭ 9އާއި ދެމެދު މިނިސްޓްރީން ލިބޭނެކަމަށްވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
އަދި އެ ދަރިވަރުންގެ ޓެކްސްޓް ފޮތްތަކާއި ފޮތް ފަންސޫރު އެކުދިންގެ ސްކޫލްތަކުން މާދަމާ ލިބޭނެކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ ޖެންޑާ މިނިސްޓްރީއާއި ރެޑް ކްރެސެންޓުން ގުޅިގެން ވަނީ މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކަށް ކައުންސެލިންގ ދީފައެވެ. އަދި މަޝްހޫރު ޕްރިންޓްކުރާ ތަނެއްކަމުގައިވާ ކޮޕިޔާ ރިޕެޔާއިން ވަނީ މި ހާދިސާގައި ގެއްލުންވި އޯލެވެލް އަދި އޭލެވެލް ކުދިންނަށް ހިލޭ ޕާސްޓް ޕޭޕަރ ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.
ފޮޓޯ: އަވަސް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް