ޓީއެމް އީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސްގެ މުވައްޒަފުން---ފޮޓޯ: މުޙައްމަދު އުސްމާން
ޓީއެމް އީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސްގެ މުވައްޒަފުން---ފޮޓޯ: މުޙައްމަދު އުސްމާން
ވިޔަފާރި 19 Feb 2025 | 08:34

ޓީއެމްއީ ރިޓްރީޓްސް ދިގުރަށުން ސާވިސް ޗާޖުގެ ގޮތުގައި 840 ޑޮލަރު ދީފި

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސް އިން ނިމިދިޔަ ޖެނުއަރީމަހު މުވައްޒަފުންގެ ސާވިސް ޗާޖްގެ ގޮތުގައި އެ ގެސްޓްހައުސް މުވައްޒަފުންނަށް 840 ޑޮލަރު ދީފި އެވެ.

"ވޮއިސް" އަށް މައުލޫމާތު ދެމުން ގެސްޓްހައުސްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު އުސްމާން ވިދާޅުވީ، ހުސްވި މަހު ސާވިސް ޗާޖްގެ ގޮތުގައި އެ އަދަދު ގެސްޓްހައުސްގައި މަސައްކަތްކުރާ 10 މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ. އަދި މި އަދަދަކީ މިހާތަނަށް ދިގުރަށުގެ ގެސްޓްހައުސްއަކުން ދިން އެންމެ ބޮޑު ސާވިސް ޗާޖްކަން އުސްމާން ފާހަގަކުރެއްވިއެވެ.

އުސްމާން ވިދާޅުވީ މިއީ މިހާތަނަށް އެ ގެސްޓްހައުސް އިން މުވައްޒަފުންނަށް ދީފައިވާ އެންމެ ބޮޑު ސާވިސް ޗާޖެވެ. ދިގުރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިކަމުގެ ސީޒަން ތެރޭ މިލިއަން ރުފިޔާއިން މަތީގެ ފައިދާ ހޯދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް

ހުސްވި ޖެނުއަރީމަހު ސާވިސްޗާޖުގެ ގޮތުގައި ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސް ގެ މުއައްޒަފުންނަށް 840 ޑޮލަރު ދީފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި އެއް މަހެއްގެ ތެރޭގައި އެންމެ ބޮޑު ސާވިސް ޗާޖެއްގެ ގޮތުގައި ދެވިފައިވަނީ 730 ޑޮލަރެވެ. އުސްމާން ވިދާޅުވީ ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސްގެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ދެނީ ޑޮލަރުންނެވެ.

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް

އޭނާގެ ގެސްޓްހައުސްގައި ވަޒީފާ އަދާކުރަން ޑިމާންޑް ބޮޑުވިނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ހުންނަ ގިނަ ފަރާތްތަކުން ގެސްޓްހައުސްތަކުގައި މަސައްކަތްކުރުމުގެ ބަދަލުގައި ގިނަފަހަރަށް ދަނީ ރިސޯޓްތަކަށްކަން އޭނާ ވިދާޅުވިއެވެ.

ޕްރޮފެޝަނަލް ހޮސްޕިޓަލިޓީ ސްޓާފުން ބޭނުންވާނީ ބޮޑު މުސާރަ. ގިނަ ފަރާތްތަކަށް ހީވާގޮތުގައި ރަނގަޅު މުސާރައެއް ލިބެނީ ހަމައެކަނި ރިޒޯޓްތަކުން. ނަމަވެސް ގެސްޓްހައުސް ތަކުންވެސް މިހާރު ރަނގަޅު އަދަދެއް ލިބޭނެ

ޓީއެމްއީ ރިޓްރީޓްސް ދިގުރަށް ގެސްޓްހައުސް ޖެނޭރަލް މެނޭޖަރ މުޙައްމަދު އުސްމާން

އުސްމާން ވިދާޅުވީ ގެސްޓްހައުސްތަކުންވެސް ރަނގަޅު މުސާރައާއި ސާވިސްޗާޖްގެ ގޮތުގައި ރަނގަޅު އަދަދެއް މުއައްޒަފުންނަށް ލިބޭކަމަށެވެ. އެގޮތުން ޖުމްލަ ގޮތެއްގައި މުއައްޒަފަކަށް 500 ނުވަތަ 600 ޑޮލަރު ޖެހޭނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދިގުރަށަކީ ފަތުރުވެރިކަމުގެ ވިޔަފާރި ވަރަށްބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ރަށެކެވެ. ދިގުރަށުގައި މިހާރު 25 ހަށްވުރެ ގިނަ ގެސްޓްހައުސް ހިންގަެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން އަންގައިފިން: ރައީސް މުޢިއްޒު
17 Mar 2026 ހަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން އަންގައިފިން: ރައީސް މުޢިއްޒު

އދ. ދިގުރަށުގައި މާރިޗް 13ގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވެ، އިތުރު ދެ ރައްޔިތަކަށް އަނިޔާވި މައްސަލަ ފުރިހަމައަށް ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް ...

ދިގުރަށު އަލިފާނުގެ ހާދިސާ: އެކޮމޮޑޭޝަން ބްލޮކުން ބިދޭސީން ނެރެވުނީ ފާރު ތަޅާލައިގެން
13 Mar 2026 ހަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ: އެކޮމޮޑޭޝަން ބްލޮކުން ބިދޭސީން ނެރެވުނީ ފާރު ތަޅާލައިގެން

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ތާށިވެފައި ތިބި މީހުން ސަލާމަތްކުރީ އެ ގޭގެ ފާރު ތަޅާލައިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ...

ދިގުރަށު އަލިފާނުގެ ހާދިސާ: ފާރު ތަޅާލައިގެން ވަތްއިރު ހަތް މީހުންގެ ވެސް ހަބަރެއް ނެތް
13 Mar 2026 ހަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ: ފާރު ތަޅާލައިގެން ވަތްއިރު ހަތް މީހުންގެ ވެސް ހަބަރެއް ނެތް

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ. ރޭ ހިނގި ނުރައްކާތެރި އަ...

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވީ ބަންގްލަދޭޝްގެ ފަސް ފިރިހެނުން
13 Mar 2026 ހަބަރު

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވީ ބަންގްލަދޭޝްގެ ފަސް ފިރިހެނުން

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް ފިިރިހެނުން ކަމަަށް ފުލުހުން ބުނެފި އެވެ. ފުލުހުނ...

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިނގާފައިވޭތޯ ބަލަނީ
13 Mar 2026 ހަބަރު

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން އިންސާނީ ހައްގެއް ގެއްލޭފަދަ ކަމެއް ހިނގާފައިވޭތޯ ބަލަނީ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ...

ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
13 Mar 2026 ހަބަރު

ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުން، މި ހާދިސާގެ މައުލޫމާތު ފ...