ފުރަތަމަ ފަހަރަށް އަރަބި ބްރެއިލް ވޯކްޝޮޕެއް ބާއްވައިފި
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަަރަށް ބްރެއިލްގެ އަކުރުތަކުން އަރަބިބަސް ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.
ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން މި ވޯކްޝޮޕް ބޭއްވުމުން އެކަން ފާހަގަކުރައްވައި އިސްލާާމިކް މިިނިސްޓަރ ޑރ.އަހުމަދު އަލީ ޒާހިރު ވަނީ ޓްވީޓް ކުރައްވާފައެވެ.
މިިނިސްޓަރ ވިދާޅުވީ މިއަދު ނިމިގެންދިޔަ ވޯކްޝޮޕްގައި ނުވަ ފަރާތެއް ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި މިއީ ސެޓްފިކެޓެއްގައި އެކުދިންގެ ނަން އެންބޮސް ކޮށްގެން ލިޔެވުނު ފުރަތަމަ ފަހަރުކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މި ވޯކްޝޮޕްގައި އެކުދިންނަށް ވަނީ އަރަބި ބްރެއިލްއިން ގުރުއާން ކިޔެވުމަށް ދަސްކޮށްދީފައެެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ބްރެއިލް ޚަތިމް ސެޓެއް ހަދިޔާކޮށްފައެވެ.
މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ ލޯފަން ހަ ކުއްޖަކާއި އެ ކުދިންގެ އާއިލާގެ ދެ މެމްބަރަކާއި ޓީޗަރެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް