ފިރިހެން ވޮލީ ޓީމް ސާރބިޔާގައި ކޭމްޕްކުރަނީ
ދިވެހިރާއްޖޭގެ ގައުމީ ވޮލީ ޓީމް ސާރބިޔާގައި ކޭމްޕްކުރުމަށް ހަމަޖެހިއްޖެއެވެ.
އެ ޓީމް ސާރބިޔާގައި ކޭމްޕްކުރަނީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މި ޓީމް އެގައުމުގައި ކޭމްޕްކުރަނީ މިފެށޭ ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ސާދަ ވަނަ ދުވަހާއި ހަމައަށެވެ.
މިކަމާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވީ ސާރބިޔާގައި ގައުމީ ޓީމް ކޭމްޕްކުރުމުގެ ހުރިހާ އެހީއެއް ސާރބިޔާގެ ސަރުކާރުން ދޭނެކަމަށެވެ. އަދި ގައުމީ ޓީމަށް ރަނގަޅު މެޗްތަކެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސާރބިޔާއަކީ ވޮލީ ބޯޅައިގެ ވަރުގަދަ ބާރެކެވެ. މިއީ އެގައުމުގައި ދިވެހިން ކޭމްޕްކުރާ ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް