އިންތިހާބު ކޮށްދެއްވާ، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނަން:ޘަޤީފް
މާދަމާގެ އިންތިހާބުގައި ރައްޔިތުން ޘަޤީފްއަށް އާނބަސް ބުނެ ރައްޔިތުންގެ މަޖްލީހަށް އިންތިހާބު ކޮށްދީފިނަމަ ﷲ ގެ އިރާދަފުޅުން ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ ކަމަށް ހުސައިން ޘަޤީފް ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް ފަހު ބަހެއްގެ ގޮތުން ޘަޤީފް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކަކާއި ހާސިލްކުރަން ބޭނުންވާ އެތައް އެތައް ކަމެއް އެބަހުރި ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދީ ދާއިރާގައި މިހާރު ހުރި މައްސަލަތަކާއި ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ﷲ ގެ ވާގިފުޅާއެކު މަސައްކަތްކުރައްވާ އެކަން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ޡަޤީފް ވިދާޅުވީ ކެމްޕެއިންގެ ތެރެއިން ދެފަހަރެއްގެ މަތިން ދާއިރާގެ ތިން ރަށުގައި މީހުން ދިރިއުޅޭ ގާތްގަނޑަކަށް ހުރިހާ ގެޔަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޝަކުވާތަކާއި އެރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާފައިވާނެ ކަމަށާއި އިންތިހާބު ވެއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ޡަޤީފް ވިދާޅުވީ ވައިކަރަދޫގައި ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކޮށް ހެދި އިރު ހުރިހާ ރައްޔިތުންހެން ދެއްކީ އެއްވާހަކައެއް ކަމަށާއި އެގޮތުން ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުންއަންނަ ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ އުފެއްދުންތަކަށް މާކެޓް ނުލިބުމާއި އެފެއްދުންތަކަށް ހަމަ އަގު ނުލިބުމަކީ އެފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އަދި ރަށުގެ އާބާދީ ބޮޑު ނަމަވެސް ތަފާތު ބޭނުންތަކަށް ރަށް ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ހިޖުރަކޮށްފައިވުމުގެ ސަބަބުން ރަށުގައި ދިރިއުޅެމުންދާ މީސްކޮޅު މަދުވެ އިޤްތިޞާދީ ގޮތުން ރަށަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ކަންބޮޑުވުންތައް ރައްޔިތުންވަނީ ހިއްސާކޮށްފައެވެ.
ޡަޤީފް ވިދާޅުވީ އަތޮޅުގައި އިޤްތިޞާދީ ހަރަކާތެއްނެތި އަތޮޅުގެ ސިއްޚީ ނިޒާމަށް ހެޔޮބަދަލެއް އައިސްފައިނެތުމުގެ ކަންބޮޑުވުން ކުރިނބީ ރައްޔިތުން ފާޅުކޮށްފައިވާ ކަމަށާއި އެރައްޔިތުންގެ އާދޭހަކީ ތައުލީމީ ގޮތުން ކުރިއެރުންތައް ލިބި އަތޮޅުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދިއުން ކަމަށެވެ. ކުރިނބީއަށް ދިމާވެފައިވާ މިހުރިހާ މައްސަލަތަކެއް ގުޅެނީ ހދ އަތޮޅަށް އަދި ވަކިން ޚާއްސަކޮށް ތިލަދުންމައްޗަށް ކަމުގައި ޡަޤީފް ފާހަގަކުރެއްވިއެވެ.
ނެއްލައިދޫގެ ހުއިފިލަނޑާގެ މަސްވެރިކަމަށް އެކަށީގެންވާ އަގެއް ލިބެން ޖެހޭކަމަށް ޡަޤީފް ފާހަގަކުރެއްވިއެވެ. ޡަޤީފް ފާހަގަކުރެއްވި ގޮތުގައި ދޮރުން ދޮރަށް ހިނގިއިރު ނެއްލައިދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު ޚިޔާލާއި މަޝްވަރާއަކީ މިމަސައްކަތުގައި ކުރިއަށް ދިޔުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
ޡަޤީފް ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވޭނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި ސިޔާސަތު ކަނޑައެޅުމުގައި ރައްޔިތުންގެ ހިއްސާއަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި ލައްކަ މަސައްކަތާއި ޝަކުވާ ކުރެވިއްޖެ ކަމަށާއި ﷲ ގެ އިރާދަފުޅުން އިންތިހާބު ކާމިޔާބުކޮށް މިޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން މަޖްލިސް ތެރެއިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް ދޭ ކަމަށް ޡަޤީފް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް