ގަދަބާރުން ޝަރުއީ ދާއިރާ އިސްލާހެއް ނުވާނެ: ޔާާމީން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިހުތިރާމްކުރަންޖެހޭ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ގަދަބާރުން ޝަރުއީ ދާއިރާ އިސްލާހެއް ނުކުރެވޭނެކަމަށާއި އެކަން ކުރެވޭނީ އެކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުން އެއްގަލަކަށް އަރައިގެން ކުރިއަށް ގޮސްގެން ކަމަށެވެ.
ޔާމީން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ގާނޫނީ ގޮތުން އެންމެ ފަހުބަސް ބުނާާ ކޯޓުކަން ފާހަަގަކުރައްވާފައެވެ.
އެހެންކަމުން އެ ކޯޓާއި އެ ކޯޓުގެ ނިންމުންތަކަށް އިހުތިރާާމްކުރަންޖެހޭނެކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް