ރައީސް ނަޝީދު މިނިވަންކުރުމުގެ ގަރާރު މަޖިލީހުން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލުހުކުމް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކުރުމަށް އެދި މަޖިލީހަށް ހުށައެޅި ގަރާރު ފާސްކޮށްފިއެވެ.
ގަލޮޅު އުތުރު ދާާއިރާާގެ މެންބަރު އީވާ އަބްދުﷲ ހުށައެޅުއްވި މި ގަރާރު ފާސްވެފައިވަނީ ޖަލްސާގަައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
މި ގަރާރު މަޖިލީހަށް ހުށައަޅާފައިވަނީ 49 މެންބަރުންގެ ވޯޓާއި އެކުގައެވެ.
މި ގަރާރު ފާސްކޮށްފަައިވީނަމަވެސް މިދިޔަ މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ރައީސް ނަޝީދުގެ މައްސަލަ މުރާޖައާ ކުރުމަށް އެދި ހުށައަޅާފައެވެ. މި މައްސަލައިގައި އެކޯޓުން ވަނީ މައްސަލަ ބަަލައި ނިމެންދެން އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަމުރުކޮށްފައެވެ.
މިއާއި އެކު އެމަނިކުފާނު ވަނީ ރާއްޖެއަށް ވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް