ޒަކާތް ނުދެއްކިގެން ސުވާލުކުރާ މީހުންނަށް: އޮންލައިންކޮށް ޒަކާތް ދެއްކޭނީ ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް އެކަނި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި ވަގުތު ޒަކާތް ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ކަމަށާ އެހެން ކަމުން ޒަކާތް ނުދައްކާ މީހުން ވީހާވެސް އަވަހަށް ޒަކާތް ދެއްކުމަށް ހަނދާން ކޮށްދީފި އެވެ.
ޒަކާތު ހަައުސް އިން ބުނީ އަދިވެސް ވަރަށް ގިނަ މީހުން ފިޠުރު ޒަކާތް ނުދެއްކިގެން ސުވާލު ކުރާ ކަމަށެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ފަހުން ފައިސާ އޮންލައިންކޮށް ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ. އަދި ބުނީ އެއީވެސް އެންމެ ފަހު ރޯދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެހެން ކަމުން ޒަކާތް ނުދައްކާ ތިބި މީހުން އަވަހަށް ޒަކާތް ދެއްކުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
ޒަކާތަކީ އިސްލާމް ކަމުގެ ރުކުނެވެ. ފިތުރު އީދު ނަމާދުގެ ކުރީން ފިތުރު ޒަކާތް ނެރެން ޖެހެ އެވެ. އެ ދުވަހު ކައިފައި ބާކީ އެއްޗެއް ހުރި ކޮންމެ މީހަކު މަތީން ޒަކާތް ނެތުމަކީ ވާޖިބު ކަމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް