ރޫހާނީ ކަންކަމާއި ގުޅިގެން އެޑިއުކޭޝަންގެ ޓީމެއް ތުޅާދޫއަށް!
ބ.ތުޅާދޫ ސްކޫލްގައި ހިނގާކަމަށް ބުނެވޭ ރޫހާނީ ކަންކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސްފިއެވެ.
މީގެ 19 އަހަރު ކުރިން ފެށިގެން އެ ސްކޫލްގެ ގޯތީގައި ހުންނަ ގަހެއްގެ ސަބަބުން ކުދިންނަށް ނޭދެވޭ ރޫހާނީ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އެރަށުގެ ފަރާތްތަކުން ބުނެއެވެ.
މިކަމާއި ގުޅިގެން ދާދިފަހުން ސްކޫލް ގޭޓްގައި ވަނީ ތަޅު އަޅުވާފައެވެ.
އެ ސްކޫލްގެ ބެލެނިވެރިން ބޭނުންވަނީ އެ ގަސް ކަނޑާލުމަށްކަމަށްވެއެވެ.
ނަމަވެސް މިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކޮޅު ހަދާފައިވާކަމަށް ބައެއް މީޑިޔާތަކުން އެރަށު ސްކޫލްގެ ބެލެނިވެރިންނާއި ހަވާލާދީ ބުނެފައިވެއެވެ.
އެ ބެެލެނިވެރިން ބުނީ އެ ސްކޫލް ދެން ހުޅުވޭނީ އެ ގަސް ކަނޑާލުމުންކަމަށެވެ. މީގެ ކުރިންވެސް ރަށްރަށުގެ ސްކޫލްތަކުގައި ހުރި ގަސްތަކުގެ ސަބަބުން ކުދިންނަށް ރޫހާނީ ކަންކަމާއި ކުރިމަތިލާން ޖެހިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް