މިއޮތީ ވަރަށް މީރުކޮށް ކަސްޓަޑް ތައްޔާރު ކޮށްލާނެ ގޮތުގެ ރެސިޕީއެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުކުރު ދުވަހު ފޮނި ބާވަތެއް ތައްޔާރު ކޮށްލުމަކީ އާއްމުކޮށް ހުރިހާ ގެއެއްގައިވެސް ކޮށް އުޅޭ ކަމެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ކަސްޓަޑް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
5 މޭޒުމަތީ ސަމުސާ ކަސްޓަޑް
1 ފުލްކްރީމް މިލްމް ޕެކެޓް (ބޮޑު)
2 ދަޅު ގެރިކިރު
1 ޖޯޑު ފުރުޓް ކޮކްޓެއިލް
1/3 ޖޯޑު މާފެން
1 ސައި ސަމުސާ ވެނީލާ އެސެންސް
3 އިންޗީގެ 5 ރާނބާފަތް ކޮޅު
ތައްޔާރު ކުރާނެގޮތް
1) ފުރުޓް ކޮކްޓެއިލް ފިޔަވައި ދެން ހުރި ހުރިހާ ތަކެތި ތެއްޔަކަށް އަޅާލައި ރަނގަޅަށް ކަސްޓަރ ގިރެންދެން އެކުލަވާލާށެވެ.
2) ދެން މެދު ގިނީގައި، ކަސްޓަޑް ރަނގަޅަށް އޮލަ ވަންދެން، ހަލުވަމުން ކައްކާލާށެވެ.
3) އޮލަވުމުން، ރާނބާފަތް ނެގުމަށްފަހު ފުރުޓް ކޮކްޓެއިލް އަޅާލާފައި އެކުލަވާލާށެވެ.
4) ޓްރޭ އަކަށް ކަސްޓަޑް އަޅާލާފައި ހިހޫވަންދެން ބަހައްޓާށެވެ. ހިހޫ ވުމުން ފްރިޖަށް ލައި ފިނި ކޮށްލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް