ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި ގެނައި ދިވެއްސަކު ހައްޔަރުކޮށްފި
ޑީއެޗްއެލް މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެމީހާ ހައްޔަރު ކުރީ ޕާރްސަލް ބަލާ ޑީއެޗްއެލް އަށް ގޮސް ހުއްޓައެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި ޖަހާފައި އޮތް ފޯން ނަންބަރާއި އޭނާ ގެންގުޅޭ ފޯން ނަންބަރު ދިމާވުމުން ކަމަށް ބަންދުގެ އަމުރުގައި ވެއެވެ. އޭނާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިން ނަންބަރު ނޯޓުކޮށްފައިވާ ކަމަށް ވެސް އަމުރުގައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް