N/A
N/A
ހަބަރު 21 May 2019 | 09:59

މިއީ ދިވެއްސަކު އަތުން ލިޔުނު ގުރުއާން ފޮތްބައެއް!

ދިވެހިންނަކީ ޒަމާނުއްސުރެ ފަންނުވެރި ބައެކެވެ. މި ފަންނުވެރިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއް ތަނަކީ ދިވެހިން އެ ދީނެއްގައި ސާބިތުވެ ތިބި އިސްލާމްދީނުގެ މިސްކިތްތަކެވެ. އިހުގެ މިސްކިތުގެ ގަލުވަޑާމާއި، ލިޔެލާޖެހުމާއި، ލާފެންލުން ފަދަ ކަންކަމުންވެސް ދިވެހި ކާާބަފައިންގެ ފަންނުވެރިކަން ފުރިހަމައަށް ހާމަވެގެންދެއެވެ.

ނަމަވެސް މިފަަހަރު ދިވެހިންގެ ފަންނުވެރިކަމާއި ދީނީ ލޯބި ހާމަވެފައިވަނީ ހއ.އިހަވަންދޫ އާޘާރީ މިސްކިތުގައިވާ ފޮތް ފޮއްޓަކުންނެވެ. ހާތިމް ޔޫސުފް ނަމަކަށް ކިޔާ ފަރާތަކުން އެރަށަށް ކުރި ދަތުރުގައި އެ މިސްކިތުގައި ހުރި ފޮތް ފޮށީގައިވާ އަތުން ލިޔެފައިވާ ގުރުއާންގެ ފޮތްތަކެއް ވަނީ އާންމުންނަށް ފޭސްބުކްއިން ދައްކާލާފައެވެ.

ހާތިމް ބުނިގޮތުގައި އެ ފޮތްފޮށީގައި 30 ޖުޒުއު ވަކީން 30 ފޮތުގައި ލިޔެ، ކޮންމެ ފޮތެއްގެ ފެށުމުގައި މުސްކުޅި ތާނައަކުރަކުން އެއް ޞަފްޙާގެ ތަޢާރަފެއް ލިޔެފައިވެއެވެ.

"މިޒަމާނު މީހަކަށް ދޭހަވާން އުނދަގޫ ގޮތްތަކެއް ހުރި ކަމުގައި ވިޔަސް، މި ލިޔެފައިވަނީ "އިހަވަންދޫ އިބްރާހީމް މުސްކުޅި ދޮންކަލޯ" ނަމަކަށް ކިޔާ ބޭކަލެއްކަން ދޭހަވެއެވެ. އަދި އިހަވަންދޫ މާ މިސްކިތަށް ފޮތްބައި ވަޤުފުކޮށް "ޢުޘްމާނު ކަލޯ" ނަމަކަށް ކިޔާ މީހަކަށް އެ ބަލަހައްޓަން ޙަވާލުކުރިކަމަށް ލިޔެފައިވެއެވެ" ހާތިމް ބުންެޏެވެ.

އެގޮތުން އެ ފޮތްތަކުގައިވާ ޤުރުއާން ލިޔެފައިވަނީ ރީތި ޢަރަބި ލިޔުމަކުންކަން ފާހަަގަކޮށްލެވެއެވެ. އެ ސޫރަތް ފެށޭ ތާނގައި ސޫރަތުގެ ނަމާއި އާޔަތްތަކުގެ ޢަދަދާއި މައްކީ ނުވަތަ މަދަނީ ސޫރަތެއްކަން ބަޔާންކޮށްފައިވާކަމަށް ހާތިމް މައުލޫމާތުދެއެވެ. މި ފޮތްތަކުގައި ތަޖުވީދާއި، ހުއްޓަންވީ ތަންތަންވެސް ވަނީ ފާހަގަކޮށްފައެވެ.

"މި ޤުރުއާން ލިޔުނު އަހަރެއް ވަކި ފާހަގައެއް ނުކުރެވުނެވެ. އެހެނަސް އެ ފޮތް ފޮށީގައި މި ޤުރުއާނުގެ އިތުރުން ކަހުފު ސޫރަތް ފޮތްބައެއްވެސް އޮތެވެ. މިއީ އޭގެ ފަހުން ލިޔެވުނު އެއްޗެއް ކަމަށް ބެލެވެއެވެ. މި ކަހުފު ފޮތްބައި ލިޔުނު ކަމަށް ޢަރަބިން ލިޔެފައިވަނީ ނަބީކަލޭގެފާނުގެ ހިޖުރައިން 1300 ވަނަ އަހަރުއެވެ. (ޢަރަބި ޢަދަދުން އެކަމަކު ލިޔެފައިވަނީ 1355 ކަމަށްވެސް މީހަކަށް ކިޔިދާނެއެވެ.) މި ކަހުފު ފޮތްބައި ލިޔުއްވި ބޭކަލަކީ ނޮޅިވަރަމް އުސްތާޛު އާދަމް ބިން ޙަސަން ކިޔާ ބޭކަލެކެވެ"، ހާތިމް ލިޔެފައިވެއެވެ.

ހާތިމް އިތުރަށްވަނީ އެ ފޮތްފޮއްޓަކީ މިސްކިތުގެ ވަގުފަކަށް ވާތީ އޭތި އެހެން ތަނަކަށް ގެންދަން ނުފެންނަކަމަށް ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...