ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ފޯމް ހުށަހެޅުމަށް އިލެކްޝަނުން ހުޅުވައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އެޕްރީލް މަހުގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބެނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެމުގެ ފުރުސަތު އެކޮމިޝަނުން ހުޅުވާލާފައިވާނެ ކަމަށެވެ.
އެކަން އިއުލާން ކުރަމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މަންދޫބަކަށް ވުމަށް ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
އެގޮތުން އެކަމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ. އަދި އެމީހާއަކީ ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރާ މީހެއް ކަމުގައި ނުވުމާއި އެމީހަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެއްވެސް ކަމަކާއި، އެކޮމިޝަންގެ ފަރާތުން ހަވާލުވެ ހުރި މީހަކަށް ވެގެން ނުވާނެއެވެ. އެމީހަކީ ފަނޑިޔާރަކަށްވެސް އަދި މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް އަދި މެންބަރަކަށްވެސް ވެގެން ނުވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް