ްއެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަނީ
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދަން ނިންމަވައިފިއެވެ.
މިކަން އެމަނިކުފާނު މިއަދު އިއުލާންކުރެއްވީ މީޑިޔާއާއި ސަޕޯޓަރުންނާއި އެކު ސޯލްޓް ކެފޭގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ޕާޓީ އުފެއްދުމަށް ބޭނުންވާ ފޯމްވެސް ނަންގަވާފައިވާނެކަމަށެވެ.
އެ ޕާޓީ ހައްދަވަން ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވާއިރު، ޕީޕީއެމްގެ މިލްކުވެރިކަމާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އެބަ ކުރިއަށްދެއެވެ.
މިޕާޓީ ހައްދަވައިފިނަމަ މިއީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ހައްދަވާ ތިންވަނަ ޕާޓީއެވެ. ޑީއާރްޕީ އަދި ޕީޕީއެމްވެސް ހެއްދެވުމުގައި އިސްކޮށް ހުންނެވީ ރައީސް މައުމޫނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް