ލ. މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ލ. މާމެންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އާރް.ޑީ.ސީ އާއެކު ސޮއިކޮށްފިއެވެ.
ލ. އަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މަޝްރޫޢު ހިންގާ ފަރާތް ކަމަށްވާ އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
ލ. މާމެންދޫގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 52,536,619.44 ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 730 ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް