N/A
N/A
ހަބަރު 02 Jun 2019 | 14:24

ޤުރުއާނާއި ބެހޭ މަރުކަޒާއި އިސްލާމިކް ޔުނިވާސިޓީ ގެ ހާލަތާމެދު ކަންބޮޑުވަން: ޑރ. ޝަހީމް

ގުރުއާނާއި ބެހޭ މަރުކަޒާއި އިސްލާމިކް ޔުނިވާސިޓީގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑ.ރ ޝަހީމު މިއަދު ފޭސްބުކް ގައި ހިއްސާ ކުރެއްވެވި ޝުއޫރުތައް ފައްޓަވަމުން ލިޔުއްވެވީ ދިވެހިރާއްޖޭގެ އެންމެ މުހިންމު އިސްލާމީ ދެ މުއައްސަސާއަކީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އެވެ. ޝަހީމު ވިދާޅުވީ ޤުރުއާނާ ބެހޭމަރުކަޒަކީ ނުހަނު ވަރުގަދައަށް ހިގަމުން އައި ތަނެއް ކަމުގައި އެވެ.

“ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ވެރިޔަކު ނެތްތާ މިހާރު ހަތް މަސްވަނީއެވެ. މި ސަރުކާރު ފެށުނުތަނާ އެތަނުގައި ވެރިޔަކަށް ހުންނެވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެތަނުން އިހާނެތި ގޮތަކަށް ވަކި ކުރެއްވި ފަހުން އަދި މި ވަގުތާ ހަމައަށް ވެސް އެތަނަށް ވެރިޔަކު ނުލައެވެ” ޑރ. ޝަހީމު ގެ ސްޓޭޓަސްގައި ވެއެވެ.

އެކަމާއިގުޅިގެން ޝަހީމު ވިދާޅުވީ އޭގެ ސަބަބުން މުޅި މަރުކަޒު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ. ރަށް ރަށުގައި ހިންގަމުން ދިޔަ ގިނަ ކަންކަން މިހާރު ވަނީ ހުއްޓިފައެވެ. ޤައުމީ ޤުރުއާން މުބާރާތުގެ ކަންކަން ވެސް ވަނީ ހުއްޓިފައެވެ. ޤައުމީ ޤުރުއާން މުބާރާތާއި ސްކޫލް ކުދިންގެ މުބާރާތަށް ވެސް ބަޖެޓް ނުލިބިގެން ވަނީ ކުރިއަށް ނުގެންދެވިފައެވެ.

ދެން ޝަހީމު ސާފުކޮށް ދެއްވެވީ އިސްލާމީ ޔުނިވަރސިޓީގެ ވާހަކައެވެ. އިސްލާމިކު ޔުނިވަރސިޓީގެ ޗާންސެލަރ ވަކިވި ފަހުން އެތަނަށް ވެރިޔަކު ޢައްޔަންނުކޮށް ހަތް މަސްވަނީއެވެ. މުޅި ތަނުގެ ތަޞައްވަރުވަނީ ހުއްޓިފައެވެ. ގްރެޖުއޭޝަން އައި އިރު ވެސް ވެރިޔަކު ނެތެވެ. ޗާންސެލަރ އަކީ ޔުނިވަރސިޓީގެ ހެޑެވެ. ކައުސިލްގެ ރައީސެވެ. ޑިގްރީ އެންޑޯސް ކުރާ ފަރާތެވެ. ރައްޔިތުންގެ މަޖްލީހަށް ޔުނިވަރސިޓީއާ މެދު ޖަވާބު ދާރީ ވާ ފަރާތެވެ. ޔުނިވަރސިޓީ އަށް ގައިޑް ކޮދޭ އެންމެ އިސް ފަރާތެވެ. އެތަނުގައި ވެރިޔަކު ނެތި މިހާ ގިނަ ދުވަސްވުމުގެ ސަބަބުން ޔުނިވަރސިޓީ އަށް ދަނީ ގެއްލުންތައް ވަމުން ކަން ޝަހީމު ފާހަނގަ ކުރެއްވެވިއެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ދެ މުއައްސަސާ އާމެދު މިހާބޮޑު އިހުމާލެއް ވަމުން މިދަނީ ކީއްވެގެންތޯ ޝަހީމު ސުވާލު އުފެއްދވިއެވެ. ޝަހީމު ވިދާޅުވީ އެމަނިކުފާނު ތުހުމަތެއް ކުރާކަށް ނެތް ކަމަށެވެ. މަގުސަދަކީ މި މުއައްސަސާ ޙިމާޔަތްކުރުން ކަމަށެވެ. އެ ތަންތަނުގެ ތަޞައްވަރު ކުރިއަށް ދިޔަ ދިނުން ކަމަށެވެ. ޝަހީމު ވިދާޅުވީ އެމަނިކުފާނު އެކަންތައއ ހަނދާން ކޮށްލައި ދިނީކަމަށެވެ.އެއްގޮތަކަވެސް ދެކޮޅުވެރި ވަނީ ނޫން ކަމަށެވެ.

އެމަނިކުފާނުގެ މަގްސަދަކީ އެތަންތަނަށް ވެރިން އައްޔަންކޮށްދެއްވުމަށް ހަނދާންކޮށް ދެއްވައި އެ ތަންތަން ސަލާމަތްކުރުން ކަމަށެވެ. މި ދެތަން މިހާރު އޮޔާ ދަނީ ކަމަށް ސިފަ ކުރައްވަމުން ޝަހީމް ވިދާޅުވީ އެ ތަންތަނަށް މީހުން ލުމުގައި މީހުންގެ ވިސްނުމާއި ފިކުރަށް ބައްލަވައި މެދުމިނުގެ އިސްލާމީ ވިސްނުމުގެ ތަޖުރިބާހުރި މީހުން ލެއްވެވުމަށެވެ. ކަންކަމަށް މީހުން އައްޔަންކުރާ އިރު ބަލަންވާނީ އެކަމަށް އެންމެ ޤާބިލް މީހާކަން ޝަހީމު ހަނދާން ކޮށްދެއްވެވިއެވެ. އެއަށް ނުބަލައި މިވެނި މީހެއްގެ ފިރިމީހާއާއި އެވެނި މީހެއްގެ އަނބިމީހާއާއި ޕާޓީގެ ރައީސްގެ ރަޙުމަތްތެރިއާއާއި މިހެން މީހުން އައްޔަންކުރުމުން މުއައްސަސާތަކަށް ގެއްލުންވާނެކަން ހަނދާން ކޮށްދެމުން ޝަހީމް ވަނީ އޭނަގެ ޝުއޫރުތައް ކުރުކޮށް ލައްވަވާފައިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...