ވިލިމާލެ 2 ގެ ހުރިހާ ފީސިބިލިޓީ އެއް ވަނީ ހަދާ ނިމިފައި - ޑރ. މުއިއްޒު
ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ބޯހިޔާ ވަހިކަމުގެ ބިޔަ ޕޮރްޖެކްޓް ގެ ހުރިހާ ފީސިލިބިޓީ އެއްވަނީ ނިމިފައި ކަމަށާއި، ކުރިއަށް އޮތް ސަރުކާރުން މި ޕޮރޮޖެކްޓް ކުރިއަށް ގެންގޮސް ދިނުމަށް ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ހައުސިންގ މިނިސްޓްރީގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މާލެ- ވިލިމާލެ ގުޅުވާލާ ބްރިޖްއާއި ވިލިމާލެ އާއި ތިލަ ފަޅު ގުޅުވާ ބްރިޖްގެ ހުރިހާ ފީސިބިލިޓީ އޭޑީބީގެ އެހީގައި ވަނީ ނިންމާލާފައިކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
އަދި މިއީ އާސަރުކާރުން ހުއްޓާނުލައި ކުރިއަށް ގެންގޮސް ދިނުމަށް ވަރަށް ބޮޑަށް އެދޭ މަސްޢުއެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް