ފާއިތުވި ދެ މަސް ދުވަހު ސަރުކާރަށް އާމްދަނީގެ ގޮތުގައި 4.1ބިލިއަން ރުފިޔާ!
ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް 4.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާކަމަށް ފިނޭސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އާމްދަނީގެ 75 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.
އެގޮތުން ޖީއެސްޓީގެ ގޮތުގައި 428.9 މިލިއަން ރުފިޔާ ލިބުނު އިރު ޓީޖީއެސްޓީގެ ގޮތުގައި 872.1 މިިލއަން ރުފިޔާ ލިބިފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ދެ މަސް ދުވަހު ދައުލަތުން ކުރި ޚަރަދަށް ވުރެ އާމްދަނީ އިތުރެވެ. އެގޮތުން ދައުލަތުން ފާއިތުވި 2 މަސް ދުވަހު 3.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާއިރު ބަޖެޓް ސާޕްލަސް އަކީ 778.3 މިލިއަން ރުފިޔާއެވެ.
ފާއިތުވި 2 މަސް ދުވަހު ދައުލަތުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ފަންޑަށެވެ. އެގޮތުން އެ ދާއިރާތަކަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް