ޖޭއެސްސީއަށް އާންމުންގެ ފަރާތުން މީހަކު އައްޔަނުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޖޭއެސްސީއަށް އާންމުންގެ ފަރާތުން މީހަކު އައްޔަނުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މީހެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް:
މުސްލިމެއް ކަމުގައި ވުން
ދިވެހި ރައްޔިތަކަށް ވުން
އުމުރުން 30 އަހަރު ވެފައިވުން
އިސްލާމްދީނުގެ އެއްވެސް ހައްދެއް ކަނޑައަޅާފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
ސިޔާސީ މަގާމެއް ފުރުއްވާ ބޭފުޅަކަށް ނުވުން
ސިޔާސީ ޕާޓީއެެއްގެ މެންބަރެއް ކަމުގައި ނުވަތަ، ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން
އެހެންކަމުން މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ދަރަންޏާއި ކުށުގެ ރިކޯޑު ފޯމާއި، އައިޑީކާޑުގެ ކޮޕީއާއި، ތައުލީމީ ސެޓްފިކެޓްތައް ޖުލައި 3 ގެ މެންދުރު 12 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އެދިފައިވެއެވެ.
އާއްމުންގެ ތެރެއިން މިހާރު ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް އެ މަގާމުގައި ހުރެވެނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އެ ދައުރު ހަމަވުމުން އަލުން އެމީހަކު ކޮމިޝަނަށް އައްޔަނު ނުކުރެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް