އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫނެ-- ފޮޓޯ: ފްރާންސް 24
އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫނެ-- ފޮޓޯ: ފްރާންސް 24
ދުނިޔެ 09 Sep 2024 | 07:07

އަލްޖީރިއާގެ ރައީސް ތެބޫނެ ބޮޑު ތަފާތަކުން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފި

އަލްޖީރިއާގެ މިހާރުގެ ރައީސް އަބްދުލްމަޖީދު ތެބޫނެ ވަރަށް ބޮޑު އަޣުލަބިއްޔަތަކުން އައު ދައުރަކަށް އެގައުމުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފިއެވެ.

5.3 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ތެބޫނެއަށް ވޯޓުދީފައިވާއިރު، މިއީ ވޯޓުގެ 94.65 އިންސައްތަ އެވެ.

އުމުރުފުޅުން 78 އަހަރުގެ ތެބޫނެ 5 އަހަރުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާއިރު، އޭނާ މިއިންތިހާބުގައި ވާދަކުރެއްވީ ވޯޓުގެ 3.17 އިންސައްތަ ހޯއްދެވި 57 އަހަރުގެ އިސްލާމީ ކެންޑިޑޭޓު އަބްދުލްއަލީ ހަސާނީއާއި ވޯޓުގެ 2.16 އިންސައްތަ ހޯއްދެވި 41 އަހަރުގެ ސޯޝަލިސްޓު ކެންޑިޑޭޓު ޔޫސުފް އައުޝީޗެއާ ދެކޮޅަށެވެ.

ގިނަ ބައެއްގެ ތާއީދު ލިބިފައިވާތީ، ތެބޫނެ އަލުން އިންތިޚާބުވެވަޑައިގަންނަވާނެކަން ޔަޤީންވި ނަމަވެސް، އޭނާގެ މައިގަނޑު އަމާޒަކަށްވީ 2019 ވަނަ އަހަރު ހުރި ވޯޓު  ލުމުގެ ނިސްބަތް މަތިކޮށް، މި އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމެވެ.

އެ އަހަރު، ތެބޫނެ ރައީސް ކަމަށް ވަޑައިގަތީ ބޮއިކޮޓްކުރެވުނު އިންތިޚާބުތަކެއްގެ ތެރެއިންނާއި، ފަހުން އޭނާގެ ވެރިކަމުގައި ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް އަދި ޑިމޮކްރަސީއަށް ތާއީދުކުރާ ހިރާކް އިހުތިޖާޖުތައް ނިމުމަކަށް ގެނެސްގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް