އިބްރާ ފުުލުުހުންގެ އިދާރާއަށް ހާޒިރުކޮށްފި
މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
އިބްރާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރިކަން ފުލުހުންގެ ފަރާތުން ވަނީ ޔަގީންކޮށްދީފައެވެ.
ވޮއިސްއަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ބުނީ އިބްރާހިމް އިސްމާއިލް މިރޭ 8:30ހާއިރު ފުލުހުންގެ އިދާރާއަށް ވަޑައިގެެންފައިވާ ކަމަށެވެ.
އިބްރާ ފުލުހަށް ހާޒިރުކުރީ ކީއްވެތޯ ފުލުުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފަހަަކަށް އައިސް އިބްރާ ދަނީ ސޯޝަލް މީޑިޔާގައި ދީނީގޮތުން ބޭއަދަބީ ވާހަކަތައް ދައްކާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް