ވެށިފަހި މާލެ: ގޯތިތައް އަމިއްލަ ކުރާނަމަ އަަކަފޫޓަކަށް ހާހަކަށްވުރެ ގިނަ ރުފިޔާގެ ޓެކްސްއެއް!
މާލޭގެ ތޮއްޖެހުމާއި ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތައާރަފްކުރި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކުން އެގޯތިތައް މިލްކު ކުރުމަށް ނުވަތަ ވިއްކުމަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހާމަކޮށްފިއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެއިން ގޯތި ދޫކޮށްފައިވަނީ މާލޭގައި ހުރި އަމިއްލަ ގޯތިތައް ދޫކޮށްލި ފަރާތްތަކަށެވެ. މިފަދައިން ހުޅުމާލެއިން ލިބުުނު ގޯތިތަކުގައި މިހާރުވެސް ބައެއް ފަރާތްތަކުން ދިރިއުޅެމުން ގެންދެއެވެ.
މި ގޯތިތައް އަމިއްލަކުރުމަށް ނުވަތަ މިލްކުކުރުމަށް ދައްކަންޖެހޭ ޓެކްސްގެ ތަފްސީލަށް ބަލާލާއިރު، ގޯތި އަމިއްލަ ކުރުމަށް ކަނޑައަޅާފައި ވަނީ އަކަފޫޓަކަށް 1،380 ރުފިޔާގެ މަގުންނެވެ.
އަދި އެގޯތި ވިއްކާލާނަމަ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ އެންމެ ދަށްއަގަކީ އަކަފޫޓަކަށް 8،280 ރުފިޔާކަން ފާހަގަކޮށްލެވެއެވެ.
މި ޕްރޮގްރާާމްގެ ދަށުން 200އަށްވުރެ ގިނަ ގޯތި ހުޅުމާލެއިން ވަނީ ދޫކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް