މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެ
ސްޓެލްކޯއިން މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންގެންދިއުމުގެ ސަބަބުން މިއަދު މެންދުރުފަހުގެ ވަގުތުތަކުގައި މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނިން މާލެ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުން ގެންދާތީ މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 16:00 އަށް މާލެ ސިޓީ ގުލާބީ މަގު، ކާމިނީ މަގު، މާވެޔޮ ގޯޅި، ބަޑިފަސްގަނޑު މަގުގެ އިތުރުން މާވެޔޮ މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް