ޖޭއެސްސީ މެންބަރުކަމުން ރިޒާ ވަކިކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެންބަރުގެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ރިޒާގެ އިތުބާރުނެތްކަމުގެ ވޯޓުގެ ދަށުންނެވެ. ރިޒާ ވަކި ކުރަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 67 މެމްބަރުންނެވެ. އޭގެ ތެރެއިން 42 މެމްބަރުން، ވަކިކުރަން ފެންނަކަމަށް ވޯޓު ދެއްވި އެވެ. ރިޒާ މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް 24 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވާފައިވަނީ ހދ.ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
މި މައްސަލައިގައި ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ރިޒާވަނީ މެމްބަރު ކަމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅި ސަބަބުތަކާ މެދު ހިނި އަންނަ ކަމަށާއި މެމްބަރަކަށް ހުންނަވައިގެން އަދާކުރެއްވީ އަމާނާތްތެރި މަސައްކަތެއް ކަމަށް ވިދާޅުވެ ދިފާާއުގައި ވަކާލާތު ކުރައްވާފައެވެ.
މި މައްސަލައިގެ ބަހުސްގައި ރިޒާއާއި އެއްކޮޅަށް ޕީޕީއެމްގެ މެންބަރުންވަނީ ވާހަކަދައްކަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް