އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް ފަށައިފި
ޑިޖިޓަލް ދިވެހިރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހި މުޖުތަމައު އަށް ފައިދާކުރާ އައު އީޖާދުތައް ތައާރަފްކުރުމަށް އެކުންފުނިން އަބަދުވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އުރީދޫ އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ. މިއީ "ވޮއިސް އޮވާ އެލް.ޓީ.އީ" ނުވަތަ "ވީ.އޯ.އެލް.ޓީ.އީ"ގެ ޚިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަޤްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެކެވެ.
ކުރީއްސުރެ މުވާސަލާތީ ކުންފުނިތަކުން ބޭނުންކުރަމުންދާ ލެގަސީ ޗެނަލްތަކުގެ ބަދަލުގައި އުރީދޫގެ 4ޖީ+ ވިއުގަ ބޭނުންކޮށްގެން ގުޅާދަލޭ އެޗް.ޑީ ވޮއިސްގެ ޚިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދެއެވެ. މީގެތެރޭގައި:
- • 4ޖީ+ ނެޓްވަރކުގެ އެހީގައި، ކޯލުގެ ފެންވަރާއި، ސާފުކަމަށް ފާހަގަކުރަނިވި ބަދަލުތަކެއް އައުން
- • ކޯލު ގުޅާލުމަށް ދާ ވަގުތު ކުޑަވެ، ދެތިން ސިކުންތުކޮޅެއް ތެރޭގައި ކޯލް ކަނެކްޓުވުން
- • ފޯނުކޯލެއްގެ މެދުތެރޭގައިވެސް، 4ޖީ+ ޑޭޓާ ބޭނުން ކުރެވުން.
- • ވީ.އޯ.އާއި.ޕީ ނުވަތަ ޓްރެޑިޝަނަލް ކޯލުތަކާއި ބަލާއިރު، އެޗް.ޑީ.ވޮއިސް ބޭނުންކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއި އެކު، ފޯނުގެ ބެޓަރީ ލައިފް އިތުރުވެގެންދިއުން.
"ރާއްޖޭގައި އުރީދޫގެ ޚިދުމަތް ފެށުނީއްސުރެ، ދިވެހިންނާއި ހަމައަށް އައު ޚިދުމަތްތަކާއި ޓެކްނޮލޮޖީ ފޯރުކޮށްދީ، ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް އުރީދޫއިން ވަނީ ޚާއްސަ އަހަމިއްޔަތުކަމެއްދީ، މުހިއްމު ދައުރެއް އަދާކޮށްފައި. މިއަދު ރާއްޖެއަށް މި ތައާރަފްކުރި އެޗް.ޑީ ވޮއިސްގެ ސަބަބުން އުރީދޫ ނެޓްވަރކް މެދުވެރިކޮށް ކުރާ ކޯލުތަކުގެ ފެންވަރު ވަރަށް ފުރިހަމަވެ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަގަޅުވެގެންދާނެ. އަޅުގަނޑުގެ އުއްމީދަކީ، މި ޚިދުމަތުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށާއި، ވޮއިސް ކޯލް މެދުވެރިކޮށް ކުރާ ތަފާތު މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން." އުރީދޫގެ ސީ.އީ.އޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
އުރީދޫ އިން އެޗް.ޑީ ވޮއިސްގެ ޚިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގައެވެ. ހަމައެހެންމެ، މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވަރކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް، ވީ.އޯ.އެލް.ޓީ.އީގެ ޚިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗް.ޑީ ވޮއިސް ބޭނުންކުރެވޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް