ޕެލެޓްއެއްގައި ތާށިވެ އަންހެނަކަށް އަނިޔާ ލިބިއްޖެ
މާލޭ މަގުމަތީގައި ހުރި ވަކަރު ޕެލެޓްއެއްގައި އަޅައިގަނެ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، މައްޗަންގޯޅީގެ ސަރަހައްދެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ އެ އަންހެންމީހާ އޭނާގެ ދަރިފުޅު ގޮވައިގެން މަގު ހުރަސްކުރަން އުޅެނިކޮށް، ޕެލެޓްމައްޗަށް އެރިވަގުތުގައެވެ. ޕެލެޓަށް އެރި ވަގުތު ދެ ފަތީގެ ދޭތެރޭގައި ފައި ތާށިވެ، އޭނާ ވެއްޓުނުއިރު އޭނާ ހުރީ ދެ އަހަރުގެ ދަރިފުޅު އުރައިގެންކަމަށްވެއެވެ.
މިހާދިސާގައި އަންހެން މީހާގެ ކަނާތުފައި ވަނީ ބިނދިފައެވެ. މާދަމާ އޭނާގެ ފައި އޮޕަރޭޝަނެއް ކުރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މާލޭގެ މަގުތައްމަތީ ޕެލެޓްތައް ބެހެއްޓުމަކީ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް