ދިރާގުން ލަންކާގެ ހިތާމައިގައި ބައިވެރިވެއްޖެ
ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާއި ގުޅިގެން، އެގައުމަށް އަގުހެޔޮކޮށް ގުޅޭނެގޮތް ދިރާގުން ހަމަޖައްސައިފިއެވެ.
އެގޮތުން ދިރާގުން މައުލޫމާތު ދޭގޮތުގައި މިރޭ ދަންވަރު އެކެއް ޖަހަންދެން އެގައުމަށް މިނެޓަކު އެއް ރުފިޔާގެ ރޭޓުން ގުޅޭނެއެވެ.
ލަންކާއަކީ ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމެއްކަން ފާހަަގަކޮށްލެވެއެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި ބޮމުގެ ހަމަލާތައް ދީފައިވަނީ ބައެއް ޗާޗްތަކަށާއި ކޮޅުނބުގެ ފަސް ތަރީގެ ހޮޓެލްތަކަކަށެވެ.
އެގޮތުން ކޮޅުނބުގެ މަޝްހޫރު ޝަންގްރިއްލާ ހޮޓެލް ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް ލަންކާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. މި ތިން ހޮޓަލަކީވެސް ގިނަ އަދަދަކަށް ދިވެހިން ގޮސްއުޅޭ ދެތަނެވެ.
މި ހަމަލާތައް ދިނީ، ޗާޗްތަކުގައި އީސްޓަރ ސަންޑޭގެ ސާރވިސް ކުރިއަށް ދަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް