ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބަލިމީހަކަށް އޯ ނެގެޓިވް ލޭ ބޭނުންވެއްޖެ
ކެންސަރު ބައްޔަށް އައި.ޖީ.އެމް.އެޗްގައި ފަރުވާ ހޯދަމުންދާ ބަލިމީހަކަށް އޯ ނެގެޓިވް ލޭ ބޭނުންވެއްޖެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގައި ފަރުވާ ހޯދަމުންދާ ކެންސަރު ބަލިމީހަކަށް އޯ ނެގެޓިވް ލޭ ބޭނުންވެއްޖެކަމަށް އެ ހޮސްޕިޓަލުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.
މި ބަލިމީހާއަށް ލޭ ހަދިޔާ ކުރައްވަން ބޭނުންފުޅޫވާ ފަރާތްތަކުން ގުޅުއްވާނީ 9103831 ނަމްބަރަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުންވެސް މި ނަންބަރާ ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.
ލޭ ހަދިޔާކުރުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. ލޭ ބޭނުންވާ ބަލިމީހުންނަށް ލޭ ލިބުމަކީ އެފަދަ ބަލިމީހުންނަށް ތަސައްލީއެއް ލިބޭނޭ ވަރަށް މަތިވެރި އިންސާނީ ޚިދުމަތެކެވެ.
ވީމާ، އޯ ނެގެޓިވް ލޭ ދެވޭނެ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވަޑައިގެން މި ބަލިމީހާއަށް އެހީތެރިވުމަށް އައި.ޖީ.އެމް.އެޗްއިން އެދިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް