މުހައްމަދު ޝާރިފް
މުހައްމަދު ޝާރިފް
ކުޅިވަރު 22 Jul 2024 | 15:30

ސްވިމިންގ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަޤާމަށް ޝާރިފް!

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީގެ މަޤާމުގައި ހުންނެވި މުހައްމަދު ޝާރިފް ކުރިޔަށް އޮތް 4 އަހަރުގެ ދައުރުގައި މަގާމުހައި ބަހައްޓަން އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޝާރިފް ޖެނެރަލްސެކެޓްރީގެ މަޤާމަށް އައްޔަނުކުރަން ނިންމީ މިދިޔަމަހު ކުރީކޮޅު އެކުލަވާލި އައު ހިންގާ ކޮމިޓީގެ މިދައުރުގެ ފުރަތަމަ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އަދި މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ.

މިމަހުގެ 25 ވަނަ ދުވަހު ފެށުނު ހަތަރު އަހަރުގެ، އައު ދައުރުގައި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް، މިހާރު އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އިންތިހާބު ވިއިރު، ނައިބު ރައީސަކީ އިސްމާއިލް އަލީއެވެ. އަދި ފަރުދީ މެންބަރުން ތަމްސީލުކުރާ އަންހެން މެންބަރަކަށް ރަހީމާ އާދަމް، ފިރިހެން މެމްބަރަކަށް މުހައްމަދު ނައްވާރު އިބްރާހިމް އިންތިހާބުވި އިރު، ޓެކްނިކަލް އޮފިޝަލުން ތަމްސީލްކުރާ މެމްބަރުކަމަށް އިންތިހާބުވީ ހަސަން ސިރާރެވެ.

ކޯޗުން ތަމްސީލްކުރާ މެމްބަރަކަށް އަހުމަދު ފިރާސް އަފީފް ހޮވުނު އިރު، ކްލަބްތައް ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި އިންތިހާބުވީ، އަލީފް އަބްދުﷲ ނަސީމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

21 ވަނަ ބީއެމްއެލްގެ އިންޓަ ސްކޫލް ސްވިމިން މުބާރާތް ނިންމާލައިފި
20 Oct 2025 ކުޅިވަރު

21 ވަނަ ބީއެމްއެލްގެ އިންޓަ ސްކޫލް ސްވިމިން މުބާރާތް ނިންމާލައިފި

21 ވަނަ ބީއެމްއެލް އިންޓަ ސްކޫލް ސްވިމިން މުބާރާތް އިއްޔެ ނިންމާލައިފިއެވެ. ހަ ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތް ބާއްވާފައި ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިން ޕޫލްގައެވެ. މި އަހަރުގެ މުބ...

50މ ބެކްސްޓްރޯކް އަދި 50މ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އައުކޮށްފި
22 Feb 2025 ކުޅިވަރު

50މ ބެކްސްޓްރޯކް އަދި 50މ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢުލްޔާ އައުކޮށްފި

އޮސްޓްރޭލިއާ ގައި މިހާރު ކުރިއަށްދިޔަ އެސް.ޑަބްލިއު.އޭ (ސްވިމިންގ ވެސްޓަރން އޮސްޓްރޭލިއާ) ހެންކޮކް ޕްރޮސްޕެކްޓިންގ ސްޓޭޓް ޗެމްޕިއަންޝިޕްސްގައި އަންހެނުންގެ ލޯންގކޯސް 50 މީޓަރ ބެކްސްޓްރޯކް އަދި 50 މީޓަ...

200 އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި
22 Feb 2025 ކުޅިވަރު

200 އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

ޔޫކޭ ގައި މިހާރު ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސް ގައި ރާއްޖެގެ މިރާލް ޢައިން ލަތީފް އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އަދި އަންހެނުންގެ ޝޯޓްކޯސް 400 މީޓަރ އިންޑިވިޖު...

ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ރިހާން 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި
14 Dec 2024 ކުޅިވަރު

ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ރިހާން 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި

ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މީޓަރ) ގައި ރާއްޖޭގެ ބާރު ފެތުންތެރިއާ މުޙައްމަދު ރިޙާން ޝިހާމް ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެ...

ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ހަމްނާ 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި
14 Dec 2024 ކުޅިވަރު

ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ހަމްނާ 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި

ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މީޓަރ) ގައި ރާއްޖޭގެ ބާރު ފެތުންތެރިއާ ޙަމްނާ އަޙްމަދު އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް...

ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި އާން، 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި
14 Dec 2024 ކުޅިވަރު

ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި އާން، 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި

ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މީޓަރ) ގައި ރާއްޖޭގެ ބާރު ފެތުންތެރިއާ މުޙައްމަދު އާން ޙުސައިން ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރ...