ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ރިހާން 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި
ހަންގޭރީގައި ކުރިއަށްދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25މީޓަރ) ގައި ރާއްޖޭގެ ބާރު ފެތުންތެރިއާ މުޙައްމަދު ރިޙާން ޝިހާމް ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފިއެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައި ވަނީ ވެސް ރިޙާން އެވެ. އެއީ، މިދިޔަ އޮކްޓޫބަރ މަހު ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 02:21.75 ކުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި މަހުގެ 10 އިން 15 އަށް ބުޑަޕެސްޓްގައި ކުރިއަށް ގެންދާ ވޯލްޑް އެކުއޭޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ރިޙާން ފިރިހެން ޝޯރޓްކޯސް 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފައި ވަނީ 02:17.93 އިން ރޭސް ނިންމައިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް