ސަބްމެރިން
ސަބްމެރިން
ލައިފްސްޓައިލް 12 Mar 2024 | 05:10

ސަބްމެރިން މީރިއްޔާ މީގެ ޗިލީ ޗިކަން ސަބްމެރިން ހަދަންވާނެ ކޮންމެހެންވެސް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސަބްމެރިން އަކީ ރޯދަމަހު ގިނަ ގޭގޭގެ ސުފުރާމަތިން ފެންނަ، ވަރަށް ގިނަ މީހުންނަށް މީރު ކެއުމެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިލީ ޗިކަން ސަބްމެރީން ތައްޔާރު ކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

4 ސަބްމެރީން ބަނަސް

2 ސައިސަމުސާ ބަޓަރު (ބަނަހުގައި އުނގުޅައިލުމަށް)

1 ބޮޑު ފިޔާ (ކުދިކޮށް ކޮށާފައި)

4 ލޮނުމެދު (ކުދިކޮށް ކޮށާފައި)

½ ބެލް ޕެޕަރ (ކުދިކޮށް ކޮށާފައި)

5 ހިކި މިރުސް (ކުދި ކުދިކޮށް ކޮށާފައި)

4 މޭޒުމަތީ ސަމްސާ ފްރައިޑް ޗިކަން ސޯސް

2 ސައިސަމްސާ އޮއިސްޓަރ ސޯސް

2 ސައި ސަމުސާ ސޯޔާ ސޯސް

7 ފޮތި ޗެޑަރ ޗީޒް

ލޮނު

500 ގްރާމް ކުކުޅު

½ ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

2 ލެޓިޔުސްފަތް (ކޮށާފައި)

ސަބްމެރިން ސޯސް

ތައްޔާރުކުރާނެ ގޮތް:

1) ކުކުޅުކޮޅު ކުދިކޮށް ކޮށާލުމަށްފަހު، ލޮނު ކޮޅެއް އަޅައި އެކުލަވާލުމަށްފަހު ރަން މުށި ކުލަ އަރަންދެން ފްރައި ކޮށްލާށެވެ.

2) ތަވައެއްގެ ތެރެއަށް ތެޔޮ އެޅުމަށް ފަހު ހޫނު ވުމުން ލޮނުމެދު އަދި ހިކި މިރުން އަޅައި ކުޑަކޮށް ފްރައި ކޮށްލުމަށްފަހު އެއްށް ފިޔާ އަޅައިވެސް ހަލުވަމުން ފްރައި ކޮށްލާށެވެ. ދެން ބެލް ޕެޕަރ އަޅައި ވެސް ރަނގަޅަށް އެކުލަވައިލާށެވެ. ރަހަ ލާ ވަރަށް ލޮނު ކޮޅެއްވެސް އަޅާލާށެވެ.

3) އެއަށް ފަހު ކުކުޅު ކޮޅުވެސް އެއަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު، ފްރައިޑް ޗިކަން ސޯސް ވެސް އަޅައި އެކުލަވައިލާށެވެ.

4) ދެން އުނދުން ނިއްވާލުމަށްފަހު 3 ޗީޒް ފޮތިތައް ތެލީގެ ތެރެއަށް އަޅައިލާ އެއްކޮށްލުމަށް ފަހު ޗީޒްތައް ވިރެންދެން އެކުލަވައިލާށެވެ.

5) އެއަށްފަހު ސަބްމެރީން ބަނަސްތައް ފަޅައިލާށެވެ. އަދި ކޮންމެ ބަނަހެއްގެ އެތެރޭގައި ރަނގަޅަށް ބަޓަރު އުނގުޅުމަށް ފަހު ހޫނުކޮށްފައިވާ ތަވައެއްގެ މަތީގައި ފިހެލާށެވެ.

6) ދެން ބަނަހުގެ ދެފަޅީގައި ސަބްމެރިން ސޯސް އުނގުޅާ ލުމަށްފަހު ކުރިން ތައްޔާރުކުރި މަސްގަނޑު 4 ބަޔަށް ބަހާލުމަށް ފަހު ބަނަހުގެ ތެރެއަށް އަޅައިލާށެވެ.

7) ފަހު ކަމަކަށް، އޭގެ މައްޗަށް ގިތެޔޮ މިރުސް ކޮޅެއް އަޅާލުމަށްފަހު، ލެޓިޔުސްފަތްވެސް އަޅާލުމަށް ފަހު، ކޮންމެ ސަބްމެރިން އަކަށް އެއް ޗީޒް ފޮތި ތިނެސްކަންވާ ގޮތަށް ފަޅާލުމަށްފަހު، ސަބްމެރިން މަސްގަނޑު މަތީގައި ބަހަށްޓާށެވެ. ދެން ސަބްމެރީންތައް އަވަނުން ފިހެލާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...