އިޓަލީގެ ލިޔުންތެރިޔާ ރާއްޖެ އައުން މަަނާނުކުރަން: އިމިގްރޭޝަން
"ޑެސްޓިނޭޝަން ޕެރެޑައިސް: އެމޮންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުވާ ފަަދަ ފޮތެއް ލިޔުނު އިޓަލީގެ ލިޔުންތެރިޔާ ރާއްޖެއަށް އައުން މަނާކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށްފައި މިވަނީ ވޮއިސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ހަސަން ޚަލީމްއެވެ.
ފާހަގަކޮށްެލެވޭ ގޮތުގައި ގިނަ ފަރާތްތަކުން ސޯޝަލް މީޑިޔާގައި ދަނީ ފްރާންސެސްކާ ރާއްޖެއަށް އައުން މަނާކުރުމަށް އެދި އިމިގްރޭޝަނަށް ގޮވާލަމުންނެވެ.
ނަމަވެސް ޙަލީލް ވިދާޅުވީ އެ ލިޔުންތެރިޔާ ރާއްޖެއަށް އައުން މަނާކުރުމުގެ ވިސްނުމެއް މިހާތަނަށް އިމިގްރޭޝަނުން ގެންގުޅެމުން ނުދާކަމަށެވެ.
އާންމު ގޮތެއްގައި މީގެކުރިން ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ވަނީ ބައެއް ފަރާތްތައް ރާއްޖެ ނާދެވޭގޮތަށް ބްލެކްލިސްްޓްކޮށްފައެވެ.
"ޑެސްޓިނޭޝަން ޕެރަޑައިސް: އަމޮންގް ދަ ޖިހާދިސްޓްސް އޮފް މޯލްޑިވްސް" ނަމަކަށް ކިޔާ މި ފޮތުގައި ދިވެހި މުޖުތަމަޢުއާއި ސަޤާފަތް ސިފަކޮށްދީފައިވަނީ މުޅިން ނުބައިކޮށް ކަމަށް ބުނެ ޓްވިޓާރގައި ޙަރަކާތްތެރިވާ ދިވެހިން ދަނީ ޚިޔާލުފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް