މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު/ ފޮޓޯ:ތިލަދުން
ހަބަރު
07 Nov 2023 | 09:09
އާއިލާގެ މީހުނަށް ފްލެޓް ލިބުނީ ޝަރުތު ހަމަވާތީ: އިސްމާއީލް އަހުމަދު

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބެހި 4000 ފްލެޓް ގެ ތެރެއިން އާއިލާގެ ތިން މެމްބަރުނަށް ފްލެޓް ލިބިފައިވަނީ ޝަރުތު ހަމަވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ފްލެޓް ލިބޭ ފަރާތް ތައް އާންމު ކުރި އިރު އިސްމާއިލް އަހުމަދުގެ އާއިލާ މީހުނަށް ފްލެޓް ލިބިފައި ވާތީ މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ބުނާ ގޮތުގައި އިސްމާއީލް އަހުމަދުގެ އާއިލާ މީހުނަށް ފްލެޓް ދީފައި ވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެންނެވެ.

މިކަމާއި ގުޅޭގޮތުން އިސްމާއީލް އަހުމަދު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފްލެޓް ލިބުނު ފަރާތް ތަކަކީ 15 އަހަރު ވަންދެން މާލޭގައި އާއިލާ އެއް ގޮވައިގެން އުޅުނު ބައެއް ކަމަށާއި އެމީހުން ދަންނަ އެންމެނަށް ވެސް އެއީ އެ ފްލެޓަށް ޝަރުތު ހަމަވާ ފަރާތް ތަކެއްކަން އެނގޭނެ ކަމަށެވެ.  

ފްލެޓް ލިބުނު ތިން މީހުންގެ އިތުރުން އޭނާއާއި ގުޅުން ހުރި އިތުރު ހަތަރު މީހަކުވެސް 4000 ފްލެޓް ގެ ތެރެއިން ފްލެޓް ހޯދުމަށް ލައިފައިވީ ނަމަވެސް އެ ހަތަރު މީހުންނަށް އެކަން ކަށަވަރު ކޮށްދެވޭ ވަރަށް ލިޔެކިއުން ހުށައެޅިފައިނުވާތީ ފްލެޓް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ރަށަކަށް އަދި ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ސަރުކާރުން ހިންގާ މި ފަދަ ޕްރޮގްރާމްތަކުން މަހުރޫމްވާން ޖެހޭ ކަމަކަށް ނުދެކެން. އެގޮތުން އެމީހަކަށް މުހިންމު އަދި އެކަމެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ލަފާ ކުރެވޭ މިކަހަލަ ކޮންމެ ކަމެއްގައި ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހައްގު އޮންނަން ވާނެ ކަމަށް ދެކެން." އިސްމާއީލް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމް ގެ ދަށުން 4000 ފްލެޓް ބަހާފައިވާ ގޮތާއި މެދު ރައްޔިތުން ވަނީ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަންވެސް މިހާރު ވަނީ ހުޅުވާލާފައެވެ. 

ކޮމެންޓް
ބޮޑުވަރު
އެއްކޮޓަރިގަޑެއްގަ އާއިލާގޮވައިގެން ކައްކައިގެން ދިރިއުޅޭތާ ސާޅީސް އަހަރަށްވުނެ ގިނަދުވަސްވެފަތިބިމީހުންނަށް ފުލެޓްނުލިބި ކަލޭގެ އާއިލާމީހުން ސަރުތުހަމަވިގޮތް ކިޔާދީބަލަ ކަލޭމެން ބުނެގެން ކަލޭމެންގެ އާއިލާއަށްދިނީ
07 Nov 2023
މުޙައްމަދު
އާއިލާ އެންމެންނަން ޝަރުތު ހަމަވެ އެއްވަރަކަށް ޕޮއިންޓް ހަމަވެ ފުލެޓުވެސް ލިބިއްޖެ. ޢެކަމަކު ސަރުތު ހަމަ ވިޔަސް އަހަރެމެން އިސްމާއީލް މެން ކަހަލަ މީހަކު ނެތީމަ ނުލިބުން
07 Nov 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.