ވޯޓު ކަރުދާސް ހުރީ މިހާރު ޕޮލިސްގެ ބެލުމުގެ ދަށުގައި - އީސީ ޝަރީފް

06 Oct 2018 | 21:50

ނިމިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ މައްޗައް ދަނީ ވޯޓު އޮޅުވާލުމާއި ރިޝްވަތު ނެގި ކަމުގެ ތުހުމަތު ކުރަމުންނެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮމިޝަންގެ މެންބަރުންނަށް ލިބިފައި ނުވާ ބާރުތަކެއް ބޭނުން ކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ވޯޓު ފޮށިތައް ކަނޑައި ބަލަމުން ދާކަމަށް ޕީޕީއެމް އިން ވަނީ ތުހުމަތުކޮށްފައެވެ.

އެވާހަކައަށް ރައްދު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިގާކަމެށެވެ. އަދި ވޯޓު ކަރުދާސް މިހާރު ހުންނާނީ ފުލީ ޕޮލިހުންގެ ބެލުމުގެ ދަށުގައި ސެކުއުރިޓީ ސީލްވެސް އަޅުވާފައި ކަމަށާއި އެއްވެސް ފަރާތަކުން ސިޓީ އުރަ ކަނޑައި ބަލާހެދުމަކީ ވާނޭކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ކޯޓަކުން އަމުރެެއް އަތުވެއްޖެ ހާލަތެއްގައި ވޯޓު ކަރުދާސް ނަގާ ދެއްކޭނެ ހާލަތެއްގައި ހުރިކަމަށް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމް އިން ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އަންނަނީ ބޮޑެތި ތުހުމަތުތަކެއް އިލެކްޝަން ކޮމިޝަނަށް ކުރަމުންނެވެ. އަދި އިލެކްޝަނާ ދެކޮޅަށް ޕީޕީއެމް އިން ދަނީ ކޮންމެ ރެއަކު އަޑުއުފުލަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement