އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު-- ފޮޓޯ: ޕީއެސްއެމް
ހަބަރު
22 Dec 2023 | 09:31
"ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްދާނެ؛ އެކަންކަން ބަޖެޓް ގައި ވަނީ ހިމަނާފައި"

ވެރިކަން ކުރާ މާލޭގެ އިތުރުންވެސް ރަށް ރަށަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓްގައި އޮތް ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މެނިފެސްޓޯގައި ހުރި ކަންތައް ތަކަކީ ހުސް އެކަނި މި ގްރޭޓާ މާލެ އޭރިއާ ނޫނީ މިސަރަހައްދަށް ބޯހިޔާވަހިކަން އިތުރުކުރުމެއް ނޫނޭ، ރަށް ރަށުންވެސް އެފުރުސަތު ފަހި ކޮށްދިނުމަށްޓަކައި އެ ވައުދު ރައީސް އޮތީ ވެދެއްވާފައި. އެހެންކަމުން މިކަން ފުރިހަމަ ކުރުމަށްޓަކައިވެސް ހަަމަ މި އަންނަ އަހަރުގެ ބަޖެޓް ގައި ބަޖެޓް ކުރެވިފައި އެބަހުރި."

ފަޒުލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް  އޭނާ ވިދާޅުވީ ރައީސް ޑރ.މުއިއްޒު ގެ މެނިފެސްޓޯ ކިޔާލެއްވީމަ ހުރިހާ ރައްޔިތުންނަށް ވެސް ހަގީގަތް. އެނގޭނެކަމަށާއި ރަސްމާލެ ހިއްކަނީ ދިވެހި ރާއްޖޭގެ އާބާދީގެ ގިނަ ބައެއް ގްރޭޓާ މާލެ އޭރިއާ ގައި  ދިރިއުޅެނީ ކުއްޔަށް ކަމަށް ވާތީ އެތަނުގެ ޑިމާންޑް ބޮޑުވާނެތީ ކަމަށެވެ.

 ދިވެހި ރާއްޖެ އެކި އެކި ދިމާލުގައި ރަށް ރަށް އޮންނަ އިރުގައި ރައީސް ޑރ.މުއިއްޒުގެ މެނިފެސްޓޯގައި ބޯހިޔާ ވަހިކަން ބޭނުންވާ ރަށް ރަށުގައި ބިން ހިއްކައިގެން އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެދެއްވާފައި ވާކަމަށާއި ޒުވާނުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހި ކޮށްދެއްވާނެ ވާހަކަވެސް އެމަނިކުފާނު ވިދާޅުވިކަން ފަޒުލް ފާހަގަ ކުރެއްވިއެވެ.

ވެރިކަމަށް އަންނަނީ މެނިފެސްޓޯ އަކާއި އެކީގައި ކަމަށާއި ރައްޔިތުން ވޯޓު ލަނީ އެ އުންމީދު ހާސިލް ކޮށްދޭނެ ކަމަށް އިތުބާރުކޮށް ކަމަށް ވާތީ ރައްޔިތުންގެ ބޭނުންތައް ރައީސް ޑރ.މުއިއްޒު ފުއްދަވައިދެއްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.