އެޗްޑީސީން ކޮފީ އަދި ސަޔަށް 7 ލައްކަ ރުފިޔާ ހަރަދުކޮށްފި

16 Oct 2018 | 20:47

މިފަހަކަށް އައިސް ގިނަބައެއްގެ ލޯ އެތަނަކަށް އަމާޒުވެފައިވާ އެއް ތަނަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އެވެ. އެއީއަކީ ހަމައެކަނި ފުލެޓްތައް ދޫކުރުމުގެ އިތުރުން ވަރަށް ހެޔޮ އަގެއްގައި ހުޅުމާލެއިން ގޯތި ވިއްކުމުގެ ކަންތައްތަކުގައި އެކަންޏެއްނޫނެވެ.

ވެރިކަންކުރާ ޕާޓީ ޕީޕީއެމް އިން އެޗްޑީސީގެ ފައިސާއާއި ވަސީލަތްތައް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ އެތައް ތުހުމަތުތަކާ ހެދިވެސް މެއެވެ.

ވޮއިސް އެމްވީ އަށް ވަރަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ފޯރުކޮށް ދިންގޮތުގައި މިއަހަރުގެ ޖޫން އަދި ޖުލައި މަހު އެކަނިވެސް އެޗްޑީސީން 480،000 ރުފިޔާއަށް ވުރެ ގިނައިން އެކިއެކި އިވެންޓް ތަކުގެ ކެއުމަށް ހަރަދު ކޮށްފައި ވެއެވެ. މިގެ އިތުރުން ވެސް މިއަހަރުގެ ޖޫން، ޖުލައި އަދި އޯގަސްޓް މަހު އެކިފަހަރު މަތިން 200،000 އަށް ވުރެން ގިނަ ރުފިޔާ ވަނީ ކެއުމަށް ހަރަދު ކޮށްފައެެވެ.

ވޮއިސް އެމްވީ އަށް ލިބުނު މައުލޫމާތު ތަކުން ކެއުމަށާއި، ކޮފީ، އަދި ސަޔަށަށް ޖުމްލަ ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ނަމަވެސް އެއީ ކޮން އިވެންޓް ތަކަކަށް ހަރަދުކޮށްފައިވާ ރުފިޔާ ކަމެއް މައުލޫމާތު ތަކުން އެނގޭކަށް ނެތެވެ.

މިކަމާއި ގުޅޭ ގުތޮން އިތުރު ތަފްސީލު ހޯދުމަށް ވޮއިސްގެ ފަރާތުން ގުޅާލުމުން އެޗްޑީސީ އިން އެއްވެސް ޖަވާބެއް އަރުވާފައެއް ނުވެއެވެ.

Advertisement

ކޮމެންޓް