އަބުރުގެ ގާނޫނު ފުރަތަމަ 100 ދުވަސްތެރޭ އުވާލާނެ - އިންތިހާބީ ރައީސް
"އަބުރުގެ ގާނޫނު"ގެ ސަބަބުން މީޑިއާތަކަށް އެތައް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި މި ޤާނޫނު އުުވާލުމަކީ ކޯލިޝަން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ މަސަައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ، ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް އިބޫ މިއަދު މިހެން ވިދާޅުވީ ސަންގު ޓީވީއަށް ކުރެއްވި ޒިޔާރަތުގައި އެތާނގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެ 100 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޕްރޮގްރާމްގެ ތެރޭގައި އެގާނޫނު އުވާލުން އެބަ އޮތް" އިބޫ ވިދާޅުވިއެވެ.
އިބޫވަނީ މިގާނޫނާއި އެކުވެސް ސަންގުޓީވީ އާއި ރާއްޖޭގެ އެހެން މީޑިއާތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. އަދި މިގާނޫނާ އެކު މީޑިއާއަށް ކުރިމަތިވެފައި ހުރި ދަތިތަައް އަޅުގަނޑުމެންނަށް އެނގޭކަމަށާއި އެދަތިތަށް ނިމުމަކަށް ގެނެސްދޭނެ ކަމުގައި ވިދާޅުވިއެވެ.
ހަމަ އެހެންމެ ޑިމޮކްރަސީގެ ވިންދަކީ މީޑިއާކަމަށާއި މީޑިއާގެ މިނިވަންކަންނެތި ޑިމޮކްރަސީ ދެމި ނޯންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު އެހެން ނަމަވެސް މީޑިއާއަށް ކުރިމަތިވެފައި ހުރި ދަތިތަައް އަޅުގަނޑުމެންނަށް އެނގޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އެ ދަތިތައް ނިމުމަކަށް ގެނެސް މިނިވަން ނޫސްވެރިކަމަކަށް ފުރިހަމައަށް ޖާގަލިބިގެންދާނެ. މިވަގުތު އަބުރުގެ ގާނޫނު އަޅުގަނޑުމެން މިކިޔާ ގާނޫނުގެ ސަބަބުން އެތައް ދަތިތަކެއް އެތައް މީޑިއާތަކަށް ކުރިމަތިވަމުން އެބަދޭ. އެހެން ނަމަވެސް އެ ދަތިތަކާ އެކީގައި ވެސް ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ތިޔަަ ބޭފުޅުން މަސަައްކަތްކުރައްވަމުން ގެންދެވިތަން އަޅުގަނޑު ދުށިން" އިބޫ ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists