Advertisement

ފެންހިންދާ ނިޒާމަށް ވަނީ ބަޔަކު ގެއްލުންދީފައި - ރައްޔިތުން ކިބައިން މައާފަށް އެދެން - ޑރ. މުއިއްޒު

30 Oct 2018 | 10:00

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރާގައި މާލެ ގެ ބޮޑު ބައެއްގައި ފެންބޮޑުވާ މައްސަލައާއި ގުޅިގެން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ ކިބައިން މާއާފަށް އެދިވަޑައިގެންފިއެވެ.

މިނިސްޓަރ މުއިއްޒު މިއަދު ކުރެއްވި ޓުވީޓުގައި މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރައާއި ގުޅިގެން މާލޭގެ މަގު ތަކުގައި ފެން ނުހިނދި ފެންބޮޑުވާން ދިމާވާ ސަބަބު ވަނީ ހާމަކުރައްވާފައެވެ.

"ސްޓޯމް ވޯޓާ ސިސްޓަމްގެ ގިނަ ޕަމްޕު ސްޓޭޝަން ތަކުގެ ޕެނަލް ބޯޑު އަށް ވަނީ ގެއްލުންދީ ހަލާކު ކޮށްލާފަ. އަދި ބައެއް ޕަމްޕް ސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ވަނީ ކަނޑާލާފަ. މިކަންކަންކުރ ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުއްވެރިކުރަން. އަދި ރައްޔިތުންނަށް ދިމާވާ އުދަގުލަށް މައާފަށް އެދެން." މުއިއްޒު ވިދާޅުވިއެވެ.

މިނިޒާމަކީ ވާރޭ ހުއްޓާލާތާ 3 ގަޑި އިރު ތެރޭ ފެންގަނޑު އެއްކޮށް ހިނދޭގޮތަށް އެމްޑަބްލިއު އެއެސްސީއާއި ހަވާލު ކޮށްގެން ހަދާފައިވާ ނިޒާމެކެވެ. ނަމަވެސް އެއްވެސް ސަބަބަކާ ހުރެ މައްސަލައެއް ނުވަތަ ގެއްލުމެއް މި ސިސްޓަމަށް ލިބިޖެއް ނަމަ މި ސިސްޓަމްގެ ނަތީޖާ ހާސިލް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވެއެވެ.

މާލެއަށް ދިމާވެފައިވާ ފެންބޮޑު މައްސަލައާށް ވަނީ މި ޕަމްޕް ސިސްޓަމް ގެ ސަބަބުން ހައްލެއް ލިބިފައެވެ. އެގޮތުން ކުރިން މާލެގެ އެންމެ ގަދައަށް ފެންބޮޑުވާ އަމީނީ މަގުގައި ފެންގަނޑު އަަވަހަށް ހިންދާލެވޭކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މުޅި މާލެއަށް އެކަށީގެން ވާވަރަށް މި ނިޒާމުން ވަނީ ހައްލު ގެނެސް ނުދެވިއެވެ.

އެހެންކަމުން ހައުސިންގ މިނިސްޓްރީން ވަނީ މާލެގެ ބޮޑެތި މަގުތައް ހެދުމުގެ ބޮޑު ބިޔަ މަސްޢުއެއް ފައްޓައި މަޖީދީމަގު އެއްކޮށް ހަދައިން ފެންހިންދުމުގެ ނިޒާމު ޤާއިމްކޮށްފައެވެ. ނަމަވެސް މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި އަލަށް ހެދިފައިވާ މަޖީދީމަގުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ އާއްމުންނަށް ދަތިދަކާއި ކުރިމަތިލާންޖެހިފައެވެ.

Advertisement

ކޮމެންޓް