ބްރެޒިލް 2-0 ސައުދީ އަރަބިއްޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބްރެޒިލް އަދި ސައުދީ އަރަބިއްޔާ ބައްދަލުކުރި ރަހުމަތްތެރި ކަމުގެ މެޗުން 2 ލަނޑު 0 ލަނޑުން ބްރެޒިލް މޮޅުވެއްޖެއެވެ.
ފެންވަރަށް ބަލާއިރު ފަރަގު ބޮޑު މި ދެޓީމުގެ ކުރިމަތިލުމުގައި އެންމެންވެސް ހީކުރި ގޮތާއި އެއްގޮތަށް ފެނިގެން ދިޔައީ ބްރެޒިލް މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ތަނެވެ.
ބްރެޒިލްގެ ފަރާތުން ފެނުނު ފުރަތަމަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ހުނަރުވެރި ފޯވަޑް ގެބްރިއަލް ޖީސުސްއެވެ.
ސައުދީގެ މުހައްމަދު އަލް އުވެއިސްއަށް ވަނީ މި މެޗުގައި ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ އެންމެ ފަހު ވަގުތު ބްރެޒިލްގެ ދެވަނަ ލަނޑު ޖަހައިދިނީ އެލެކްސް ސާންޑްރޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް