އައިސް ހޮކީ މެޗެއްގެ ތެރެއިން، ޕޮލެންޑުން ވަނީ ރަޝިޔާގެ ހޮކީ ކުޅުންތެރިއަކު ހައްޔަރުކޮށްފައި
އައިސް ހޮކީ މެޗެއްގެ ތެރެއިން، ޕޮލެންޑުން ވަނީ ރަޝިޔާގެ ހޮކީ ކުޅުންތެރިއަކު ހައްޔަރުކޮށްފައި
ކުޅިވަރު 01 Jul 2023 | 02:31

ޖާސޫސް ކުރުމުގެ ތުހުމަތުގައި ޕޮލެންޑުން ރަޝިޔާގެ އެތްލީޓަކު ހައްޔަރުކޮށްފި!

ޕޮލެންޑުގެ ފުރަތަަމަ ޑިވިޝަނުގެ އައިސް ހޮކީ ކުލަބަކަށް ކުޅޭ ރަޝިއާގެ ކުޅުންތެރިޔަކު، އޭނާގެ ގައުމަށް ޖާސޫސްކޮށްދޭކަމަށް ތުހުމަތުކޮށް ޕޮލެންޑުން ހައްޔަރުކޮށްފި އެވެ.

ޕޮލެންޑްގެ ޖަސްޓިސް މިނިސްޓަރު އަދި ޗީފް ޕްރޮސެކިއުޓާ ޒެބިގްނިއު ޒިއޯބްރޯ، ހައްޔަރުކުރި އެތުލީޓުގެ ނަން ހާމަނުކޮށް ވިދާޅުވީ އެ އެތުލީޓަކީ އެގައުމުގެ ސީކްރެޓް ސާވިސްއިން ހައްޔަރުކުރި ޖާސޫސީ ނެޓްވޯކެއްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށެވެ. އަދި އޭނާއާއެކު މިހާތަނަށް އިތުރު 14 މީހަކު އެ ނެޓްވޯކުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕޮލެންޑުން ރަޝިޔާގެ ރައްޔިތަކު ހައްޔަރުކުރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރަޝިއާއިން ވަނީ އޭނާ ހައްޔަރުކުރަން ޖެހުނު ސަބަބު ތަފްސީލްކޮށްދިނުމަށް  އެދިފައެވެ.

ޕޮލެންޑުގެ ކަމާއިބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުން ހައްޔަރުކޮށްފައިވާ ރަޝިޔާގެ އެތްލީޓް ވަނީ އެގައުމުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ދެނެގަތުމުގެ އިތުރުން އެގައުމުގައި ޖާސޫސީ އިތުރު ހަރަކާތްތައް ހިންގާފައި ކަމަށާއި އެކަމަށްޓަކައި  އޭނާއަށް ފައިސާ ލިބުނު ކަމަށެވެ. އަދި އޭނާގެ ޝަރީއަތް ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ، އޭނާގެ މައްޗަށް ކުއް ސާބިތުވެއްޖެނަމަ 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް