ސިވިލް ސަރވިސް ކޮމިޝަން މެމްބަރުން މަޖިލީހުގެ ކޮމިޓީގައި.. ފޮޓޯ؛ މަޖިލިސް
ސިވިލް ސަރވިސް ކޮމިޝަން މެމްބަރުން މަޖިލީހުގެ ކޮމިޓީގައި.. ފޮޓޯ؛ މަޖިލިސް
ހަބަރު 13 Oct 2026 | 22:36

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެ ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅުއްވަމުން ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ، ކޮމިޝަނުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ގިނަގުނަ އިޞްލާޙީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ޝަކުވާތައް ބަލައިގަތުމަށް 'އޮންލައިން ކޮމްޕްލެއިންޓްސް މޮޑިއުލް' އެއް ތަޢާރުފުކޮށް، މައްސަލަތަކަށް އަވަހަށް ޖަވާބުދާރީވެވޭނެ ނިޒާމެއް މިހާރު ޤާއިމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިމްތިޙާނުތައްވެސް ނަޒާހަތްތެރިކަމާއެކު އޮންލައިންކޮށް ހެދޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސީއެސްސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގެ އުސްއަލިތައް:

  • އަލަށް ގުޅުނު މުވައްޒަފުން: 4,370

  • ވަޒީފާ ބަދަލުވި މުވައްޒަފުން: 415

  • މަޤާމުގެ ކުރިއެރުން ލިބުނު މުވައްޒަފުން: 1,935

  • ވަޒީފާއިން ވަކިވި މުވައްޒަފުން: 1,506

ޝަކުވާތަކުގެ ތަފްޞީލަށް ބަލާއިރު، ވޭތުވެދިޔަ އަހަރު ކޮމިޝަނަށް ހުށަހެޅުނު 5,930 ޝަކުވާގެ ތެރެއިން 5,834 ޝަކުވާއެއް ބަލައި، ވަނީ ޖަވާބުދާރީވެފައެވެ. މިގޮތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމާ ގުޅޭ މައްސަލަތަކެވެ. އަދި އެކިއެކި ޚިދުމަތްތަކާ ގުޅިގެން 8,000 އަށް ވުރެ ގިނަ ރިކުއެސްޓް އެ މުއްދަތުގައި ކޮމިޝަނަށް ލިބިފައިވެއެވެ.

ސިވިލް ސަރވިސްގައި 35,000 އަށް ވުރެ ގިނަ މުވައްޒަފުން ޚިދުމަތްކުރަމުން އަންނައިރު، ކޮމިޝަނުގެ އިދާރީ މުވައްޒަފުންގެ ޢަދަދު މަދުވުމަކީ މުޅި ޚިދުމަތް އެންމެ ފުރިހަމައަށް ވިލަރެސްކޮށް ބެލެހެއްޓުމަށް އޮތް ބޮޑު ގޮންޖެހުމެއްކަންވެސް ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ޤާނޫނީ އަދި އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 2025 ވަނަ އަހަރު ސީއެސްސީން ވަނީ އަލަށް 3 ޤަވާޢިދެއް އެކުލަވައިލައި، ޢަމަލުކުރަމުންދިޔަ ޤަވާޢިދުތަކަށް 19 އިޞްލާޙެއް ގެނެސްފައެވެ. އަދި ދަޢުލަތުގެ އިދާރާތަކުގެ 72 އޮނިގަނޑެއް ފާސްކޮށްދީފައިވާކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.