ދޯންޏެއްގައި ހުރި ކަންނެލިތަކެއް.. ފޮޓޯ: ވޮއިސް
ދޯންޏެއްގައި ހުރި ކަންނެލިތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު 13 Oct 2026 | 20:45

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

މިފްކޯއިން މިއަދު އާއްމުކުރި ރޭޓްތަކަށް ބަލާއިރު، އަގަށް ގެނައި ބަދަލާއެކު ތިން ރޭޓަކުން މަސް ގަންނަ އަގު ވަނީ ބޮޑުކޮށްފައެވެ. މަސްގަންނަ އަގު ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޢާޔަތްކޮށް، ދޯނިފަހަރުން ކިރާ މަހުގެ ނިސްބަތަށް ބަލައިގެންކަމަށް މިފްކޯއިން ބުންޏެވެ.

މިއަދުން ފެށިގެން ދޯނިފަހަރުން މަސް ގަންނަމުންދާނޭ އަގުތައް:

  • 1 އާއި 5 ޓަނާ ދެމެދުގެ މިންވަރަކަށް މަސް ކިރާނަމަ: ކިލޯއެއް -/21 ރުފިޔާއަށް

  • 5 އާއި 8 ޓަނާ ދެމެދުގެ މިންވަރަކަށް މަސް ކިރާނަމަ: ކިލޯއެއް -/22 ރުފިޔާއަށް

  • 8 ޓަނަށްވުރެ އިތުރަށް މަސް ކިރާނަމަ: ކިލޯއެއް -/22.75 ރުފިޔާއަށް

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

މިފްކޯއިން ފާހަގަކުރި ގޮތުގައި، މިއީ މަސްވެރިން ބާނާ މަހަށް އެކަށޭނަ އުޖޫރައެއް ކަށަވަރުކޮށްދިނުމަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ނިންމެވި މުހިންމު ނިންމުމެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާ އެއްހަމަކުރުމުގެ ގޮތުން، މީގެ ކުރިންވެސް އެކި މަރުޙަލާތަކަކަށް ބަހާލައިގެން މިފްކޯއިން ވަނީ މަސް ގަންނަ އަގު މަތިކޮށްފައެވެ. އެގޮތުން، މިއަހަރުގެ ޖޫން މަހު ކިލޯއެއްގެ އަގު -/20 ރުފިޔާއަށް، އޮގަސްޓް މަހު -/21 ރުފިޔާއަށް، އަދި ސެޕްޓެމްބަރު މަހު ކަޅުބިލަމަސް ކިލޯއެއްގެ އަގު ވަނީ -/22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މަސް ކިލޯއެއްގެ އަގު -/20 ރުފިޔާއަށް ވުރެ ދަށްނުވާނެހެން އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްވެރިންނަށް ވަޢުދުވެވަޑައިގެންފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ
23 Nov 2026 ހަބަރު

ޒުވާނުންގެ އެވޯޑަށް ހުޅުވާލައިފި، 22 ދާއިރާއިން ކުރިމަތިލެވޭނެ

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެއެވެ.

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ
23 Nov 2026 ހަބަރު

ކުރިއަށް އޮތް ރޯދަމަހަށް މަސްދަޅުކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ

މިފަހަރު ރޯދައަށް މަސްދަޅުކޭސްބެހުމަށް 86.8 ރުފިޔާ ކަނޑައެޅިއިރު، 2028 ވަނަ އަހަރު މިއަދަދު 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
23 Nov 2026 ހަބަރު

އުނިޔާގޭގައި ރޯވުން: ހަތަރު ފަންގިފިލާއަށް ގެއްލުން، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް މިހާރު ވަނީ ފޯރުކޮށްދީފައި ކަމަށް ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީ ކޮންސްޓްރަކްޝަން ސައިޓެއްގެ ބިއްގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލްތަކަށް ގެއްލުން ލިބުނެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

ފަސްތަރި ޕަރފިއުމްސް: އޮރިޖިނަލް ބްރޭންޑެޑް ސެންޓުތަކުގެ ލަގްޒަރީ ކޮންމެ ބަޖެޓަކަށްވެސް!
23 Nov 2026 ވިޔަފާރި

ފަސްތަރި ޕަރފިއުމްސް: އޮރިޖިނަލް ބްރޭންޑެޑް ސެންޓުތަކުގެ ލަގްޒަރީ ކޮންމެ ބަޖެޓަކަށްވެސް!

މީރުވަސްތަކަށް އޮތް ޚާއްޞަ ލޯތްބަކާއި ޝައުޤުވެރިކަމެއްގެ ތެރެއިން އުފަންވި "ފަސް ތަރި ޕަރފިއުމްސް" ގެ އަމާޒަކީ، ސައްޙަ އަދި އަސްލު ބްރޭންޑެޑް ސެންޓުތައް ހެޔޮ އަގުގައި ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އަދި ކޮންމެ މީހެއްގެ ވެސް ޚާއްޞަ "ސިގްނޭޗަރ ސެންޓް" ހޯދައިދިނުމުގައި އެހީތެރިވެދިނުމެވެ.