ހެކްޓާ ބެލެރިން -- ފޮޓޯ: ގޯލް
ހެކްޓާ ބެލެރިން -- ފޮޓޯ: ގޯލް
ކުޅިވަރު 01 Sep 2022 | 16:20

ޑެޑްލައިން ޑޭ: އާސެނަލް ދޫކޮށް ބެލެރިން ބާސެލޯނާއަށް

މި އަހަރުގެ ހޫނު މޫސުމުގެ ފުޓްބޯޅަ ޓްރާންސްފާ މާކެޓުގެ ޑެޑްލައިން ޑޭ ގައި އިނގިރޭސި ވިލާތުގެ އާސެނަލް ދޫކޮށް ޑިފެންޑަރ ހެކްޓަރ ބެލެރިން ސްޕެއިންގެ ބާސެލޯނާއަށް ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހިލޭ ޓްރާންސްފާއެއްގައި ބެލެރިން،27، ބާސެލޯނާއަށް ގުޅުނު އިރު މިދިޔަ ސީޒަނުގައި އޭނާ ލޯނެއްގެ ދަށުން ކުޅެފައިވަނީ ސްޕެއިންގެ ރެއާލް ބެޓިސް އަށެވެ. މިވަގުތު ބެލެރިން ހުރީ އިނގިރޭސި ވިލާތުގައި ކަމަށާއި އާސެނަލްގެ ހުއްދަ ލިބުމާއި އެކު ސްޕެއިން އަށް ދަތުރު ފަށާނެ ކަމަށެ ރިޕޯޓު ތަކުގައި ބުނެފައިވެއެވެ.

ބާސެލޯނާގެ ޔޫތު ޓީމުން އެންމެ ފުރަތަމަ ވިދާލި ބެލެރިން އާސެނަލްއާއި ގުޅުނީ 2011 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައެވެ. އެއަށްފަހު އޭނާ ވަނީ އިނގިރޭސި ވިލާތުގެ ވަޓްފޯޑް އަދި ސްޕެއިންގެ ރެއާލް ބެޓިސްގައި ލޯނު އުސޫލުގެ ސަބަބުން ދެ ސީޒަނެއް ހޭދަ ކޮށްފައެވެ. އާސެނަލްގައި ރަނގަޅު ކުޅުމެއް ނުދެއްކި އޭނާ ވަނީ ކޯޗު މިކެލް އާޓޭޓާގެ މެޗު ސްކޮޑުން ޖާގަ ނުލިބިފައެވެ.

ނަމަވެސް މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައިކަން ފާހަގަ ކޮށްލެވެއެވެ. ބެލެވޭ ގޮތުގައި މިރޭގެ ވަގުތެއްގައި ބެލެރިން ސްޕެއިންއަށް ދާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ބެލެރިން ބާސާއާއި ގުޅިފައިވަނީ އާސެނަލްއިން އޭނާއަށް ދިން މުސާރައަށް ވުރެ ކުޑަ މުސާރަ އަކަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް