ލުބުނާން:ފޮޓޯ/ޓެލެގުރާމް
ލުބުނާން:ފޮޓޯ/ޓެލެގުރާމް
ދުނިޔެ 23 Sep 2024 | 10:21

އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއްދީފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ހައްދުފަހަަނަ އަޅާފައިވާ އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސިޓީތަކަށް ދިން ހަމަލާތަކެއްގައި 8 މީހުން މަރާލައި ގިނަބަޔަކު ޒަހަމް ވެއްޖެއެވެ.

މެދުއިރުމަތީގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރިގޮތުގައި މަރުވި މީހުންގެ ތެރޭގައި 2 ކުޑަކުދިން ހިމެނޭއިރު، މިއަދަދު އިތުރުވުމަކީ ގާތްކަމެއްކަމަށެވެ. އިޒްރާއީލުގެ ބައެއް މީޑިއާތަކުން ބުނީ، މި ހަމަލާގައި ހިސްބުއްﷲގެ ހަނގުރާމަމަތީ ބައެއް މަރާލާފައިވާކަމަށެވެ.

އިސްރާއީލުންވަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް 330 އަށްވުރެ ގިނަ ހަމަލާ އަމާޒުކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން ވަނީ ލުބުނާނުގެ އެކި ހިސާބުތަކުން ކަރަންޓުކެންޑިފައެވެ. މީގެ އިތުރުން އެހެނިގެން ވިއުގަތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްލިބިފައެވެ. މި ހަމަލާތަކުގެ ވީޑިއޯތަށްދަނީ މީޑިއާތަކުގައި ދައުރުވަމުންނެވެ.

މިދިޔަ ހުކުރުދުވަހުންފެށިހެން އިސްރާއީލުން ދިން ހަމަލާތަކުގައިވަނީ މިހާތަނަށް ވަނީ 54 މީހުން މަރުވެފައެވެ. އަދި 300 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ.

މިދިޔަ ހަފުތާއިން ފެށިގެން އިސްރާއީލުން ލުބުނާނަށްދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު ލުބުނާނުންވެސްދަނީ އިސްރާއީލަށް  ރޮކެޓު އަދި ޑްރޯންބޭނުން ކޮށްގެން ހަމަލާތަށް ދެމުންނެވެ.

ވީޑިއޯތަކުން ފެންނަގޮތުގައި އިސްރާއީލުގެ ގެތަކުގައިވަނީ އަލިފާން ރޯވެފައެވެ.އަދި އިލިފާން ނިއްވުމުގެ މަސައްކަތް ކުރާމަންޒަރުވެސް ފެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް