އެމްޕަރާ ނަރުހީޓޯއަށް މިނިސްޓަރ ޝާހިދު މަރުހަބާ ދަންނަވައިފި
ޖަޕާނުގެ އެމްޕަރާކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި އެމްޕަރާ ނަރުހީޓޯއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަރުހަބާ ދަންނަވައިފިއެވެ.
ނަރުހީޓޯއަށް މަރުހަބާ ދަންނަވާފައިވަނީ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައެވެ.
ޝާހިދު ވިދާޅުވީ ތަޚުތާއި ހަވާލުވުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ ޖަޕާނުގެ އެމްޕަރާ ނަރުހީޓޯއާއި އެގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ ޖަޕާނުގެ ރައްޔިތުންނަށާއި މުޅި ދުނިޔެއަށްވެސް އުފާވެރި އަދި ފާގަތި ދުވަސްތަކަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޕަރާ ކަމުގެ މަގާމާއި ނަރުހީޓޯ ހަވާލުވެ ވަޑައިގެންނެވީ، އެމަގާމުގައި ހުންނެވި ބައްޕާފުޅު އަކިހީޓޯ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
މިއީ 200އަހަރުގެ ތެރޭގައި ޖަޕާނުގެ އެމްޕަރާއަކު މަގާމުން އިސްތިއުފާދެއްވި ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް