މޮރީނިއޯ ކުރިމަތީ އުފާފާޅުކުރި ޗެލްސީގެ އެސިސްޓެންޓް ކޯޗު ޖުރީމަނާކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިނގިރޭސި އެފްއޭއިން ޗެލްސީގެ އެސިސްޓެންޓް ކޯޗް މާކޯ އިއާނީ ކުޅިވަރު ރޫހާއި ހިލާފުވެފައިވާކަމަށް ނިންމައި 6،000 ޕައުންޑުން ޖޫރިމަނާކޮށްފިއެވެ.
އޭނާއައިމެދު މި ފިޔަވަޅު އަޅާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓެޑް އިނގިރޭސި ޕްރިމިއަރ ލީގުގައި ބައްދަލުކުރި މެޗުގައި ޔުނައިޓެޑް މޮޅުވަމުން ދަނިކޮށް ޗެލްސީއިން ފަހުވަގުތު ލަނޑެއްޖަހައި މެޗުގެ ނަތީޖާ އެއްވަރުވުމުން ޔުނައިޓެޑުގެ ކޯޗް މޮރީނިއޯ ކުރިމަތީ އުފާފާޅު ކުރުމުގެ ސަބަބުންނެވެ.
އެ މެޗުގައި މޮރީނިއޯވަނީ ރުޅިއައިސްގެން އިއާނީ ފަހަތުން ދުއްވައިގަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ދަނޑުގެ އޮފިޝަލުންނާއި ކުޅުންތެރިންވަނީ މޮރީނިއޯ ހިފަހައްޓާފައެވެ.
ޗެލްސީގެ ހެޑް ކޯޗް ސަރީ އަދި އިއާނީވެސްވަނީ އެ މެޗަށްފަހު މޮރީނިއޯ ކިބައިން ހިނގާދިޔަ ކަންތައްތަކަށް މާފަށް އެދިފައެވެ.
މޮރީނިއޯއާއިމެދު ފިޔަވަޅެއް ނޭޅި ނަމަވެސް އިނގިރޭސި އެފްއޭއިންވަނީ ކްލަބެއްގެ ކޯޗުގެ ޒިންމާއަކި ކޮބައިކަން ރަސްމީ ސިފައެއްގައި އޭނާއަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް