N/A
N/A
ހަބަރު 09 Oct 2018 | 10:46

ޤާސީމް ގެ ދައުރު ކޯލިޝަން ސަރުކާރުތަކުގައި ބޮޑު

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ޤާސިމް އިބްރާހިމް އަކީ ފެށުނީއްސުރެންވެސް ރައްޔިތުންނަށް ހިދުމަތްކުރުމުގައި އުޅުއްވަމުން ގެންދާވާ ނުފޫޒުގަދަ ލީޑަރެކެވެ. އެއީ ނިކަމެތިންގެ ބޮޑުބޭބެ ކަމުގައި ވަނީ މާކުރިން ދިވެހިން ބަލައިގަނެފައެވެ.

2004 ވަނަ އަހަރުގެ ރައީސް މައުމޫން އިސްލާހީ އެޖެންޑާ އަދި މިހާރު އަޅުގަނޑުމެން މިކިޔާ ފެހި ގާނޫނު އަސާސީ ވުޖޫދު ކުރުމުގައި އެތަށް މަސައްކަތެއްކުރެއްވި ބޭފުޅެކެވެ. އޭރުގެ ޙާއްސަ މަޖްލިސް ރައީސްގެ ހައިސިއަތުން ރޮކެޓް ސްޕީޑްގައި އާ ޤާނޫނު އަސާސީ ނިންމައި ދިނިީ ޤާސީމް އިބްރާހިމް ކަން ފާހަގަކޮށްލަން ޖެހެއެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ޤާސިމް އިބްރާހިމް ވެފައިވަނީ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ބޭފުޅަކަށެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވުނު މަލްޓިޕާޓީ އިލެކްޝަންގައި އެމްޑީޕީ އަށް ތިރީސް އަހަރު ވެރިކަން ކުރަށްވަމުން ގެންދެވި ރައީިސް މައުމޫން ބަލިކުރެއްވުނީ ގާސިމް ލީޑަރަކަށް ހުންނަވާ ހިންގެވި ޖުމްހޫރީ ޕާޓީގެ ބޭނުން ހިފައިގެންނެވެ. އެއަށް ފަހު ގާސިމް އިބްރާހިމް ވެގެން ދިޔައީ ސިޔާސީ ޕާޓިތަކަށް މުހިންމު އަދި އެބޭފުޅާ އާއި ނުލައި ވެރިކަން ފުރޮޅާ ނުލެވޭނެ ފަދަ ބޭފުޅަކަށެވެ.

ނަތީޖާއެއްގެ ގޮތުން ގިނަ ރައްޔިތުންގެ ނިންމުން ގާސިމްގެ ނިންމުމާ ގުޅިފައިވާތަން ވޭތުވެ ދިޔަ ތިން ރިޔާސީ އިންތިހާބް ގައިވެސް ފެނިގެން ގޮސްފައިވެއެވެ. ކުރުކޮށް ބުނާނަމަ، ޤާސިމް އިބްރާހިމް ގެ ނިންމުން ވަނީ ފަހު ނިންމުންކަމުގައެވެ.

ފާއިތުވި ތިން ދައުރު ގާސިމްވާނީ ކޯލިޝަން ހަދައި ވެރިކަން ހޯދުމުގެ ހެޓްރިކް ހައްދަވާފައެވެ. އަދި ކޯލިޝަން ރޫޅަލުމުގައިވެސް ގާސިމާކީ ތަފާތު ތަޖްރިބާ ބޮޑު ބޭފުޅެކެވެ.

ފުރަތަމަ ގާސިމް ކޯލިޝަން ހެއްދެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑިޕީ އާއި އެކުއެވެ. އެހެންނަމަވެސް ދައުރުގެ ވަކި ހިސާބަކުން ފެނުނީ އެމްޑީޕީން އިސްވެ އޮވެ ކޯލިސަން ރޫޅާލިތަނެވެ. ތަފާތު ސަބަބު ތަކާހުރެއެވެ. ކޯލިޝަންގެ ތަޖުރިބާ އަކީ ރާއްޖޭގައި މާ ކާމިޔާބު ސިޔާސީ ކުޅިއަކަށް ނުވިއެވެ. އަނެއްކާވެސް ބުނަންޖެހެނީ ތާފާތު ސަބަބުތަކާ ހެދިއެވެ.

ކޯލިޝަން ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ނޫނީ ދިވެހިން އެ ނިޒާމަށް ނުފަރިތަވުމަކީ ސަބަބެއްކަމުގައި ބެލެވިދާނެއެވެ. ނަމަވެސް ކޯލިޝަން ސަރުކާރުގެ އިސްވެރިންގެ ވާހަކަތަކުން ފާހަގަ ކުރެވޭ އެންމެ މައި ސަބަބަކީ އިހްލާސްތެރި ކަމުގެވާހަކައެވެ.

ދެވަނަ ފަހަރަކަށް ޤާސިމް އިސްވެ އޮވެގެން ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދީ ޕީޕީއެމް އާއެވެ. ކުރިން ފަހަރޭކޭ އެއްފަދައިން މި ކޯލިޝަން ވެސް ވެގެންދިޔައީ ކުރު މުއްދަތުގެ ކޯލިޝަނަކަށެވެ.

ފުރަތަމަ ހެދި ކޯލިޝަނާ ތަފާތުކޮށް މި ކޯލިޝަން ވެގެން ދިޔައީ ޤާސިމް އިބްރާހިމް އަށް ތަފާތު ފާޑުކިއުން އާމާޒު ވި ފަހަރަކަށެވެ. އަދި ތަފާތު އެކި ގޮތްގޮތުން ޤާސިމް އަށް ފިއްތުންތަށް ކުރިމަތިވި ކަމަކަށެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ގާސީމްގެ އަމިއްލަފުޅު އާއިލާއަށް އޭގެ ޕްރެސާރ އެންމެ ފުޅާ މިނަށް ކުރިތަނެވެ.

ދެން މިއޮތީ މިހަރެވެ. މިފަހަރުވެސް ގާސިމް މިވަނީ ކޯލިޝަން ހަދައި އިންތިހާބު ނަގާފައެވެ.

ދެން އޮތީ ކުރިން ވެސް ރައްޔިތުން ކުރި ސުވާލެވެ. ދެންވަނީ ކިހިނެއް ބާއެވެ. މިފަހަރުވެސް ދަނީ ނިޔަރޮދި މަތިން ބާއެވެ. މަޖިލީސް އިންތިހާބާއެކު ކޯޅުންގަނޑު ފެށޭނީ ބާއެވެ.

ކުރިއަށް އޮތީ ހުސް ސުވާލެވެ. މިވަގުތަށް ކުރެވެން އޮތްހާވެސް ކަމަކީ ލަފާކުރުމެވެ. ކުރިން ފަހަރުތަކޭ ތަފާތުކުން މިފަހަރު ކޯލިޝަން ސަރުކާރަށް ކުރަން ޖެހޭ މަސައްކަތް ގިނަވެފާ ބޮޑެވެ.

ކޮރަޕްސަން ނައްތާލުމާއި، ގާނޫންތަށް އިސްލާހު ކުރުމާއި، ޖުޑިޝަރި މިނިވަން ކުރުމަކީ ކޯލިޝަން ސަރުކާރުގެ ޒިންމާއެކެވެ .

އަދި ވެރިކަމަށް އައުމަށް ކޯލިޝަން ސަރުކާރުން ވިއްކި ވާހަކަތެކެވެ. މިކަން ކަމަކީ ކިޔާލަން ފަސޭހަ ނަމަވެސް ބޮޑެތި މަސައްކަތްތަކެވެ.

ވުމާއަކު މިހުރިހާ ކަމެއް ކުރުމަށް ވެސް ކޯލިޝަން އެއްބައެއް ގޮތުގައި ތިބުމަށް މަޖުބޫރެވެ. ދެން އޮތްސުވާލަކީވެސް އެކަން އެގޮތަށް ވެދާނެބާއެވެ.

ކޯލިސަންގެ އިސްބޭފުޅުންގެ ހިޔާލުތަށް މިފަހަރު ވަރަށް ބޮޑަށް އެއްގޮތެވެ. ދައްކަނީ އުންމީދީ ވާހަކަތަކެވެ. އަދި ލީޑަރުންގެ ގުޅުން ރަނގަޅެވެ.

އެހެންވުމާ އެކު އުންމީދު ތަކެއް އެބައޮތެވެ. ވެރިކަން ހޯދުމަށް ޤާސިމްގެ މަސައްކަތް މުހިންމު ވިހެން ކޯލިޝަން ދެމެހެއްޓުމަށް ގާސިމްގެ ވިސްނުމާ ނިންމުންތަށް އެހާމެ މުހިންމެވެ.

ނަމަވެސް ދެންއޮތީ އަނެއްކާވެސް ސުވާލުތަކެވެ. ޖުމްހޫރީ ޕާޓީގެ ހިޔާލު ތަފާތު ވެދާނެ ބާއެވެ؟ 2019 އަހަރުގެ މަޖިލީސް އިންތިހާބަށް ގާސިމްގެ ވިސްނުން ބަދަލު ވެދާނެބާއެވެ؟ ހުސް ސުވާލެވެ.

ޔާގީންވާ އެއްކަމަކީ ކޯލިސަން ރޫޅާލުމުގައިވެސް އަދި ދެމެހެއްޓުމުގައިވެސް ގާސިމްގެ ބަސް މުހިންމުކަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...